އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/04/2020

އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލައިފި

ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މެދުކަޑާލައިފައިވީނަމަވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ދާނެއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/04/2020

ADK Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލައިފި ކަމަށް އެހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އޭޑީކޭ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މެދުކަޑާލައިފައިވީނަމަވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ދާނެކަމަށެވެ.

އަދި އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހޮސްޕިޓަލަށް އަންނަންޖެހިއްޖެ ހާލަތެއްގައި އެހޮސްޕިޓަލުން އެކަންތައް ހަމަޖައްސައިދޭނެކަމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

އާސަންދަ ކުންފުނިން މިއަދު ވަނީ އެކުންފުންޏާއި ގުޅިގެން އޮންލައިން ކޮންސަލްޓޭޝަން ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓާތަކާއި ކްލިނިކްތަކުގެ ލިސްޓެއް އާއްމުކޮށްފައެވެ. މިލިސްޓުގައި އޭޑީކޭ ހޮސްޕިޓަލްވެސް ހިމެނެއެވެ.

މިދުވަސްވަރަކީ މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރޭ ދުވަސްވަރެކެވެ. އަދި މިކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއް ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ