އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/07/2020

ޑރ. އަލީ ނިޔާފް 1000 މޭޖަރ ސާޖަރީ ފުރިހަމަކުރައްވައި ތާރީހުގެ ތެރެއަށް

ޑރ. ނިޔާފްގެ އިސްނެގުމުގެ ދަށުން މިހާތަނަށް އޭޑީކޭގައި ވަނީ 1000 މޭޖަރ ސާޖަރީ ކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/07/2020

ADK Hospital Dr Ali Niyaf
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި މިހާރު މަސައްކަތް ކުރައްވާ ހަމައެކަނި ދިވެހި ނިއުރޯސާޖަން ޑރ. އަލީ ނިޔާފް އިއްޔެ ވަނީ އެބޭފުޅާގެ 1000 ވަނަ މޭޖަރ ސާޖަރީ ފުރިހަމަ ކުރައްވާފައެވެ.

އޭޑީކޭގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވަމުންދާ އެ ހޮސްޕިޓަލުގެ ސީނިއާ ޑރ. ނިޔާފްގެ މި ކާމިޔާބީ ފާހަގަކުރައްވައި އަނބިކަބަލުން އަރްޝީ ހަލީލް ވަނީ ޓްވީޓް ކުރައްވާފަ އެވެ. މި ޓްވީޓްގައި ފިރިކަލުންގެ ކާމިޔާބީ ފާހަގަކުރައްވައި ޑރ. ނިޔާފް އަށާއި އަދި އޭޑީކޭގައި މަސައްކަތް ކުރައްވައި ޓީމަށް މަރުހަބާ ވަނީ ދަންނަވާފައެވެ.

ދިވެހިންގެ ތެރޭގައި ނާރުގެ ބަލިތަކަށް އެންމެ މަޝްހޫރު ޑރ. ނިޔާފް ވަނީ މިހާތަނަށް ޖުމްލަ 1،700އަށްވުރެ ގިނަ ސާޖަރީ ކުރައްވާފައެވެ. އޭގެތެރޭގައި ބޮޑެތި ސާޖަރީތަކުން ފެށިގެން ކުދިކުދި ސާޖަރީތައްވެސް ހިމެނެއެވެ. އިއްޔެ ޑރ. ނިޔާފް ފުރިހަމަކުރައްވާފައިވަނީ ބޮޑެތި ސާޖަރީތަކުގެ 1000 ވަނަ ސާޖަރީ އެވެ.

ޑރ. ނިޔާފްގެ އިތުރުން އެކުގައި މަސައްކަތް ކުރައްވާ ނިއުރޯސާޖަންސް ކަމަށްވާ ޑރ. ރާމް، ޑރ. ޗަންދްރާ އަދި ޑރ. ކިރަންއަށްވެސް ނިޔާފްގެ އަނބިކަބަލުން ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ކޮންމެ ސާޖަރީއެއް ކުރުމަށް ހޭދަވާ ވަގުތާއި ނަގާ ރިސްކަކީ ދުލުން ބުނެލަން ފަސޭހަވި ނަމަވެސް، އެއަށްވުރެ ބިރުވެރި އަދި ވަރުބަލިކަމަކާއި އެތައް ޗެލެންޖެއް ކުރިމަތިވާ ކަމެއްކަން އަރުޝީ ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި އެންމެ ހިދުމަތް ރަނގަޅު އެއް ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އައްފާލްގެ ނަޒަރުގައި ޑރ. ނިޔާފަކީ މަސައްކަތްތަށް ވަރަށް ޑެޑިކޭޓިވް އަދި ކަމާއިވެގެން މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ. އެހެންކަމުން ޑރ. ނިޔާފްގެ މި ކާމިޔާބީގެ ސިއްރަކީ ވެސް މި ޑެޑިކޭޝަން ކަމަށް ޤަބޫލުފުޅުކުރައްވާކަމަށް އައްފާލް ވަނީ ވިދާޅުވެފަ އެވެ.

ޑރ. ނިޔާފްއަށް އެޕޮއިންޓްމަންޓް އެއް ހޯދަން ތަންކޮޅެއް އުނދަގޫވި ނަމަވެސް ހަގީގަތުގައި ޑރ. ނިޔާފަކީ އަބަދުވެސް ބަލިމީހުންނާއި އަދި އާއިލާތަކާއި ވަރަށް ގާތް ގުޅުމެއް ބާއްވާ ޑޮކްޓަރެކެވެ. އެކަން އައްފާލް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެއްފަހަރު ޑރ. ނިޔާފަށް އެޕޮއިންޓްމަންޓެއް ލިބިއްޖެނަމަ ދެވަނަ ފަހަރަށްވެސް ފަސޭހައިން ނިޔާފް އާއި ގުޅޭނެގޮތް ހަމަޖައްސަވައިދެއްވާ ކަމަށް ވަރަށް ގިނަ ބަލިމީހުންވެސް އެއްބަސް ވެއެވެ.

"ޑރ. ނިޔާފް އަކީ ވަރަށް ކުރިއެރުން ހޯދަން މަސައްކަތްކުރާ އަދި މެނޭޖްމަންޓާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކުރާ ޑޮކްޓަރެއް" އައްފާލު ވިދާޅުވިއެވެ.

ޑރ. ނިޔާފްގެ އިސްނެގުމުގެ ދަށުން މިހާތަނަށް އޭޑީކޭގައި ވަނީ 1000 މޭޖަރ ސާޖަރީ ކޮށްފައެވެ. އޭގެތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ 50/50ގެ ޗާންސް އޮންނަ ސާޖަރީތަކެވެ. އެހެންނަމަވެސް ވަގުތުގެ ނާޒުކުކަމާއެކުވެސް ޑރ. ނިޔާފްގެ މަސައްކަތާއި ބަލިމީހުންނާއި ދެމެދު ބާއްވާ ގާތްގުޅުން ގިނަ ދިވެހިންނެއް ވަނީ ބަލައިގެންފަ އެވެ.

އަދި 1000 ވަނަ މޭޖަރ ސާޖަރީއާއެކު އިއްޔެ ޑރ. ނިޔާފް ވަނީ ތާރީހުގެ ތެރެއަށް ވަދެވަޑައިގެންފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ