އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/07/2020

ރާއްޖެއިން ޗައިނާއަށް ދާމީހުން އޭޑީކޭއިން ކޮވިޑަށް ޓެސްޓު ކުރަނީ

އެ ޓެސްޓަކީ ރާއްޖެއިން ފުރާ ހުރިހާ ޗައިނާގެ ޕަސެންޖަރުން ހަދަން ޖެހޭ ޓެސްޓެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/07/2020

ADK Hospital COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ޗައިނާއަށް ދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަން އޭޑީކޭ ހޮސްޕިޓަލް ހަމަޖައްސައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ހަމަޖައްސާފައިވާ ސަފީރު ޖަންގް ލިޖޮންގް ބުރާސްފަތި ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ދާއިރު އެ ފަރާތްތަކުން ބޭނުންވާ ކޮވިޑް-19 ނިއުކްލިކް ޓެސްޓް، އޭޑީކޭއިން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ޓެސްޓަކީ ރާއްޖެއިން ފުރާ ހުރިހާ ޗައިނާގެ ޕަސެންޖަރުން ހަދަން ޖެހޭ ޓެސްޓެކެވެ.

ޗައިނާ ސަރުކާރުން މިހާރު ހަމަޖައްސާފައިވަނީ އެ ގައުމަށް ދަތުރުކުރާ މީހުން، އެ ގައުމަށް ދިއުމުގެ ކުރިން އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ ގޮތަށެވެ. އެހެންވެ، ޗައިނާއަށް ދާ ފްލައިޓްތަކަށް މީހުން އަރުވަން ޖެހެނީ ވެސް ކޮވިޑް-19 އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވްވި ކަން ކަށަވަރު ކުރުމަށް ފަހު އެވެ.

ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާ ސަރުކާރުގެ ރެގިއުލޭޝަނަށް ބަލާއިރު އެގައުމަށްދާ ހުރިހާ ޕަސެންޖަރުންވެސް ބޯޑިން އަށް ދިޔުމުގެ ކުރިން ކޮވިޑް-19 ނިއުކްލިކް އެސިޑްގެ ނެގެޓިވް ރިޕޯޓެއް ބޭނުންވާނެ ކަމަށެވެ.

އޭޑީކޭއަކީ ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރަން ފެށި ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސޮނެވާ ރިސޯޓްސްގެ ފަރާތުން ގެނައި ކޮވިޑަށް ޓެސްޓްކުރާ މެޝިން ރާއްޖެ ގެނެސް، އެތަނުގައި ކޮވިޑަށް ޓެސްޓް ސެންޓަރު ހިންގަނީ ވެސް އޭޑީކޭއިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ