އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/02/2021

ޑަބްލިޔުއެޗްއޯއިން ގިނީއަށް 11،000 އެބޯލާ ވެކްސިން ޑޯޒް ފޮނުވައިފި

މީގެއިތުރުން، އިތުރު 8،600 ވެކްސިން ޑޯޒް އެމެރިކާ މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/02/2021

WHO Ebola
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެބޯލާ އައުޓްބްރޭކްއިން އަރައިގަތުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ގިނީއަށް 11،000 އެބޯލާ ވެކްސިން ޑޯޒް ފޮނުވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މަޝީދިސޯ މޮއެޓީ ވިދާޅުވި ގޮތުގައި މި 11،000 ޑޯޒް ފޮނުވާފައިވަނީ ޖެނީވާއިންނެވެ. މީގެއިތުރުން، އިތުރު 8،600 ވެކްސިން ޑޯޒް އެމެރިކާ މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އޭނާވަނީ ވިދާޅުވެފަ އެވެ.

ގިނީގެ ހެލްތް މިނިސްޓަރގެ އެޑްވައިސަރ މުހައްމަދު ލަމީން ވިދަޅުވިގޮތުގައި މިއަދު މި ވެކްސިން ދިނުމުގެ ކެމްޕެއިނެއް ގިނީގައި ފަށާނެއެވެ. އަދި މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ދިނުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ގިނީއިން އެބޯލާ ބަލިމަޑުކަން އިއުލާންކޮށްފައި ވަނީ ގޮއެކާގައި އޮތް އެއްވުމަކަށް ދިއުމަށްފަހު އެޤައުމުން 14 މީހުން ބޭރަށްހިންގައި، ހޮޑާއެކު ލޭލާން ފެށުމުންނެވެ. މިހާތަނަށް މި ބަލީގައި ފަސް މީހުން ވަނީ މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ