އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/01/2021

ޑަބްލިއުއެޗްއޯގެ ހުއްދަނެތި އިންޑިޔާއިން ދިން ވެކްސިނެއް ނުޖަހާނަން: ޑރ. ނަޒްލާ

ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭނަމަ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/01/2021

WHO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންޑިޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި އިންޑިޔާގެ ސީރަމް އިންސްޓިޓޫޓުން އުފެއްދި އޮކްސްފޯޑް އަސްޓްރާޒަނެކާ ވެކްސިން ރާއްޖޭގައި ޖަހަންފަށާނީ އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ޑަބްލިއުއެޗްއޯއިން އެ ވެކްސިން ބަލައިގަތުމުން ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

މިފަދައިން ޑރ.ނަޒްލާ ވިދާޅުވީ "ރާއްޖެޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ މި ވެކްސިނަކީ އޮކްސްފޯޑު އެސްޓްރަޒެނެކާ އިން އުފެއްދި ވެކްސިނެއް ކަމަށާއި ސަބް ލައިސަންސްއަކުން ސީރަމް އިންސްޓިޓޫޓުން މި ވެކްސިން އުފެއްދި ކަމަށެވެ.

އޭގެ އިތުރަށް ޑރ.ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭނަމަ ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ނުފެތޭނަމަ ނުޖަހާނެ ކަމަށެވެ. އަދި ރާއްޖޭގައިވެސް ވެކްސިން ރަޖިސްޓަރީކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ސީރިއަމް އިންސްޓިޓޫޓުން އުފައްދާ ކޮވިޝީލްޑަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ކޯވެކްސް ފެސިލިޓީގެ ތެރޭގައި ހިމެނިގެން ސަޕްލައިކުރަން ހަމަޖެހިފައިވާ ވެކްސިނެއް ކަމުގައިވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އޭގެ އިތުރަށް ނަޒްލާ ފާހަގަކުރެއްވީ މިހާރުވެސް ސީރިއަމްއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލިސްޓިންގައި ވެކްސިން ހިމެނުމަށް ބޭނުންވާ ޑާޓާ ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއާ ހިއްސާކޮށްފައިވާ ކަމުގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ