އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/02/2021

ކޮވިޑްގައި ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަވެއްޖެ: ޑރ. މުރާދު

ޑރ. މުރާދު ވަނީ މިހާރު ގިނައިން އެޑްމިޓްކުރަން ޖެހެނީ މެދު އުމުރުގެ މީހުން ކަމަށްވެސް ވިދާޅުވެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/02/2021

Coronavirus COVID-19 Dr Moosa Murad
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކުރިއާ ހިލާފަށް ކޮވިޑް-19 ޖެހިގެން ކުއްލިއަކަށް ހާލު ބޮޑުވާ މީހުން ގިނަ ކަމަށް ކްލިނިކަލް އެޑްވައިޒަރީ ޓީމުގެ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވަނީ މިހާރު ގިނައިން އެޑްމިޓްކުރަން ޖެހެނީ މެދު އުމުރުގެ މީހުން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ގިނަ އަދަދެއްގެ މެދު އުމުރުގެ މީހުން އެޑްމިޓްކުރަން ޖެހުމަކީ ސިއްހީ އެހީތެރިންގެ ނަޒަރުން ވިސްނާއިރު ވަރަށް ކަންބޮޑުވާ ކަންތައްތަކެއް ކަމަށާއި އެ އަދަދުތައް ވެސް ކުޑަކުރެވޭނީ ޖުމުލަ ޕޮޒިޓިވްވާ އަދަދުވެސް ކުޑަކުރެވިގެން ކަމަށް ވިދާޅުވެފަ އެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ ފާހަގަކުރެވޭ އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަވާ މީހުން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

ހަމައެހެންމެ އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވެގެން ދިއުމަކީ ސިއްހީ އެހީތެރިންނަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށާއި އެޑްމިޓްކުރަން ޖެހޭ އަދަދާ ބަލާއިރު ސިއްހީ އެހީތެރިންނެއް ނެތްކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ