އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/02/2021

އެސްޓުރެޒެންކާ ވެކްސިން 6 އަހަރުން މަތީގެ ކުދިންނަށް ޓެސްޓުކުރަނީ

މި ދިރާސާ ހެދުމަށްޓަކައި މިމަހުގެ ތެރޭގައި 300 ވޮލިންޓިއަރުން ހޯދުމުގެ މަސައްކަތް އެ ޔުނިވަރސިޓީއިން ދަނީ ކުރަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/02/2021

Vaccine COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އޮކްސްފޯޑުން އުފެއްދި އެސްޓުރެޒެންކާ ވެކްސިން 6 އަހަރުން މަތީގެ ކުދިންނަށް ޓެސްޓުކުރުމުގެ ދިރާސާތައް ފަށައިފި އެވެ.

އެ ޔުނިވަރސިޓީއިން ނެރުނު ބަޔާނެއްގައި ވާގޮތުން އަލަށް ހަދާ މި ދިރާސާގެ ޓްރަޔަލްއިން މި ވެކްސިންނަކީ 6 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ޖެހުމަށް ރަނގަޅު ވެކްސިނެއްކަން ކަށަވަރު ކުރެވޭނެ އެވެ.

އަދި މި ދިރާސާ ހެދުމަށްޓަކައި މިމަހުގެ ތެރޭގައި 300 ވޮލިންޓިއަރުން ހޯދުމުގެ މަސައްކަތް އެ ޔުނިވަރސިޓީއިން ދަނީ ކުރަމުންނެވެ.

އޮކްސްފޯޑު/އެސްޓުރެޒެންކާގެ ވެކްސިން ލޯންޗްކޮށްފައިވަނީ "ވެކްސިން ފޯ ވޯލްޑް" ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ ދަށުން ވަނީ އެސްޓުރެޒެންކާގެ ވެކްސިން ފޯރުކޮށްދީފައިވަނީ ވަރަށް ހެޔޮ އަގެއްގަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ