އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/02/2021

ކޮވިޑަށް ޕޮޒިޓިވްވި 6 ކުޑަކުއްޖަކު އެޑްމިޓްކޮށްފައި އެބަތިބި: ޑރ. ފައިސަލް

ޑރ. ފައިސަލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްފައި ވާ ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/02/2021

IGMH COVID-19 Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ 6 ކުޑަކުއްޖަކު އިތުރު ފަރުވާއަށް އެޑްމިޓްކޮށްފައި އެބަތިބިކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިފަހަކަށް އައިސް ރާއްޖޭގައި އިތުރުވެފައިވާއިރު މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެ އެވެ.

ޑރ. ފައިސަލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްފައި ވާ ކަމަށެވެ. އޭގެތެރޭގައި މަންމަ ޕޮޒިޓިވްވެގެން އޮޕަރޭޝަން ކޮށްފައި ނަގަންޖެހުނު ތުއްތު ކުއްޖަކު ވެސް ވަނީ އެޑްމިޓްކޮށްފަ އެވެ.

އެހެންނަމަވެސް މި ހުރިހާ ކުދިންނާއި އަދި ޕޮޒިޓިވްވި މަންމަގެ ހާލުވެސް ރަނގަޅުކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގައި އަދި މިހާތަނަށް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުވާ ވެކްސިނެއް އުފައްދާފައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައިވެސް މިވަގުތު ވެކްސިން ދިނުމަށް ނިންމާފައިވަނީ އުމުރުން 16 އަހަރުން މަތީގެ އެކި އުމުރުފުރާތަކުގެ މީހުންނަށެވެ. މި މީހުންގެ ތެރޭގައި ހިމެނޭ މާބަނޑު މީހުންވެސް އިސްތިސްނާ ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ