އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/02/2021

ހޮސްޕިޓަލްތައް ފުރެނީ، ފިޔަވަޅުތަކަށް އަމަލުކުރޭ: އެޗްޕީއޭ

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/02/2021

HPA Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ހޮސްޕިޓަލްގެ އެނދުތައް ފުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

އަހަރު ފެށުނު ފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އެންމެ ދުވަހެއްވެސް ފަންސާހުން ދަށެއް ނުވެއެވެ. މިދިޔަ ހަފްތާގައި ކޮވިޑް ކޭސްތައް ވަނީ ކޮންމެ ދުވަހަކު 100 އިން މަތީގައެވެ. ބައެއް ދުވަސް ދުވަހު 145 ގައިވެސް ޕޮޒިޓިވް ކޭސްތައް ފެނެއެވެ. މި މުއްދަތުގައި ތިން މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. އެއީ ޖަނަވަރީ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މަރުވި 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ އެޖެންސީން ހޮނިހިރު ދުވަހުގެ ރޭ ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 152 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު 77 ގައި ހުރި ނަމަވެސް، ހަފުތާއެއްގެ ތެރޭގައި ވަނީ އިތުރު 75 މީހުން އެޑްމިޓުކޮށްފަ އެވެ.

އެޗްޕީއޭއިން އިއްޔެ ބުނީ މިދިޔަ ހަފްތާގައި ކޭސްތަކުގެ އަދަދު ކޮންމެ ދުވަހަކު 100 އިން މަތީގައި ހުރުމަކީ ނުރައްކަލުގެ އިންޒާރެއް ކަމަަށެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވެދާނެ ކަމަށްވެސް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ކޮވިޑް-19 ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ބުރޫއަރާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަަޅުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ފާއިތުވި އެއް ހަފުތާގެ ތެރޭގައި 851 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެއާ އެކު، މުޅި ރާއްޖޭން ބަލި ޖެހުނު މީހުންގެ އަދަދު 15،736 އަށް އެރީ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ