އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/02/2021

ޖުލައިގެ ނިޔަލަށް ޔޫކޭގައި ވެކްސިން ދީ ނިންމަނީ

ދުނިޔޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ދޭން ފެށި އިނގިރޭސިވިލާތުން މި ކެމްޕޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/02/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިނގިރޭސިވިލާތުގެ 16 އަހަރުން މަތީގެ އެންމެންނަށް ވެކްސިންދީ ނިންމާލެވޭނެކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިން ދޭން ފެށި އިނގިރޭސިވިލާތުން މި ކެމްޕޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. އަދި އޭރު އެ ޤައުމުން ވަނީ އިނގިރޭސިވިލާތުގެ 17 މިލިޔަން މީހުންގެ އާބާދީއަށް ވެކްސިން ދޭން ނިންމާފައިވާކަމަށް ބުނެފަ އެވެ.

ކޮވިޑް-19 ވެކްސިން ދޭން ފެށިތަނުން އިނގިރޭސިވިލާތުން ވަނީ ވައިރަހުގެ އައު ވޭރިއަންޓެއް ފެނި، ޤައުމުގެ ހާލަތު ގޯސްވެފައެވެ. އެކަމާއި ގުޅިގެން އިނގިރޭސިވިލާތް ވަނީ އަލުން ލޮކްޑައުން ކޮށްފައެވެ.

މީގެކުރިން އިނގިރޭސިވިލާތުން އޮތީ ސެޕްޓެމްބަރު މަހަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ ނިންމުމަށް އަމާޒު ހިފާފައެވެ. އެހެންނަމަވެސް މިހާރު ބޭނުންވަނީ ވީހާވެސް އަވަސް މުއްދަތެއްގައި އެންމެނަށް ވެކްސިންދީ ނިންމުން ކަމަށް ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ