އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/12/2020

ކޮވިޑް-19 އުފެދުނީ ޗައިނާއިންތޯ ޔަގީން ކުރުމަށް ޑަބްލިޔުއެޗްއޯ ތަހުގީގު ފަށަނީ

ޑަބްލިޔުއެޗްއޯއިން މި ތަހްގީގް ފެށުމަށް ނިންމާފައިވަނީ ބެއިޖީންއިން މިނިވަން ތަހްގީގެއް ކުރުމަށް އެއްބާރުލުން ދޭނެކަމަށް ބުނުމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/12/2020

WHO
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19 އުފެދުނު ޤައުމަކީ ޗައިނާގެ ވޫހާން ތޯ ޔަގީން ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ތަހްގީގެއް ފަށައިފި އެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ މި ތަހްގީގް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ 10 ސައިންޓިސްޓުންގެ ޓީމެއް އެކުލަވާލާފަ އެވެ. އަދި އަންނަ މަހު މި 10 ސައިންޓިސްޓުން ވޫހާން ސިޓީއަށް ދަތުރު ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޑަބްލިޔުއެޗްއޯއިން މި ތަހްގީގް ފެށުމަށް ނިންމާފައިވަނީ ބެއިޖީންއިން މިނިވަން ތަހްގީގެއް ކުރުމަށް އެއްބާރުލުން ދޭނެކަމަށް ބުނުމުންނެވެ. އަދި މިކަމަށް އެއްބަސްވުމަށް އެތައް މަހެއް ހޭދަވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީގެ ޖަނަވާރު މާރުކޭޓަކުންނެވެ. މިއާއެކު ގިނަ ޤައުމުތަކަކުން ވަނީ މި ވައިރަސް އަކީ ޗައިނާއިން އުފެއްދި ވައިރަސް އެއް ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޗައިނާއިން މި ތުހުމަތުތަކަށް ދެކޮޅު ހަދައެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި މި ތަހްގީގް ކުރަނީ ވަކި ޤައުމަކަށް އިނގިލިދިއްކޮށް، ތުހުމަތުތަކެއް ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި މުސަތަޤްބަލްގައި ކުރިމަތިވެދާނެ މިފަދަ އެހެން އައުޓްބްރޭކްތަކުން ރައްކާތެރިވުމަށެވެ.

ޗައިނާގައި މި ތަހްގީގްތައް ހަތަރު ނުވަތަ ފަސް ހަފްތާއަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ