އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/05/2020

އޭޑީކޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފި

އެހޮސްޕިޓަލުގައި ބަހައްޓާފައިވަނީ ޕީސީއާރް ސިސްޓަމެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/05/2020

ADK Hospital Coronavirus COVID-19 PCR Machine
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އޭޑީކޭ ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައި ޕީސީއާރް ސިސްޓަމެއް ބަހައްޓައިފިއެވެ.

މިވަގުތު ރާއްޖޭގައި ބައްޔަށް ކުރެވެނީ ދުވާލަކު 400 އެއް ހާ ޓެސްޓެވެ. އެއީ އައިޖީއެމްއެޗް އަދި ފުލުހުންގެ ލެބޯޓްރީއެއްގައެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ މިއަދަދު 1،000 އަށް އިތުރުކުރުމެވެ.

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިސިސްޓަމް މެދުވެރިކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް، ދުވާލަކު އެތައް ސަތޭކަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

މިސިސްޓަމް ބޭނުންކޮށްގެން ދުވާލަކު 500 އަށް ވުރެ ގިނަ ޓެސްޓު ހެދޭނެކަމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރ އަދި އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރ، އަބްދުﷲ ނިޔާފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރަން އޮޓޮމޭޓެޑް މެޝިންތަކެއް ގެނެއުމަށް މަސައްކަތް ވަނީ ފެށިފައެވެ.

މީގެ ކުރިން ޑރ. ޝީނާ މޫސާ ވަނީ ރާއްޖޭގައި ޓެސްޓު ކުރެވޭ މިންވަރު މަދުކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ