އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/01/2021

ކޮވިޑް-19 ކޭސްތައް އިތުރުވެ، އޭޑީކޭގެ އޯޕީޑީ އާއި އެޑްމިޓްކުރުން މެދުކަނޑާލައިފި

ޑޮކްޓަރަށް ދެއްކުން އޮންލައިންކޮށް "އިލެކްޓިވް ސާޖަރީ" ތައް ވެސް ވަނީ މިވަގުތަށް މަޑުޖައްސައިލާފައި- އޭޑީކޭ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/01/2021

ADK Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާތީ، ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުދަނާކޮށްފި އެވެ.

އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)ގައި އެޑްމިޓްކޮށްގެން ފަރުވާދިން ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ބަންދުކޮށް، އެތަނަށް ހާއްސަ ހުރިހާ މުވައްޒަފުން ވަނީ ކަރަންޓީނުކޮށްފަ އެވެ. އެހެންވެ، މުވައްޒަފުންގެ ދަތިކަން ވެސް ފޯރާފައި އޮތް ކަމަށް އޭޑީކޭއިން ބުންޏެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާން ބުނާ ގޮތުގައި ވަގުތީ ގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުން އޮންލައިންކޮށް "އިލެކްޓިވް ސާޖަރީ" ތައް ވެސް ވަނީ މިވަގުތަށް މަޑުޖައްސައިލާފައިވަ ކަމަށް ބަޔާނުގައި ވެއެވެ.

އެ ހޮސްޕިޓަލުން ބުނީ ބައްޔަށް ޕޮޒިޓިވް ޑޮކްޓަރާއި އެޗުޑީޔޫގެ ކޭސްތަކާ ގުޅުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ޑޮކްޓަރުގެ އާއިލާގައި ކޮވިޑް ޖެހުނު މީހުން ތިބި ކަމަށް، އޭޑީކޭ އިން ބުންޏެވެ.

އޭޑީކޭއިން އެދެނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށާއި އެފަދަ ހާލަތެއްގައި ވެސް އެކަނި ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކު ގެންދިޔުމަށެވެ. އަދި މާސްކް އެޅުމަށް ވެސް ހަނދާންކޮށްދިނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ