އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/01/2020

ދުޅަހެޔޮ ހިތެއް ބޭނުންވާނަމަ ގިނައިން ސައިބުއިމަށް އާދަކުރޭ: ދިރާސާ

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުންވަނީ އެއް ލައްކަ އަށްވުރެ ގިނަ މީހުންގެ ޑާޓާތައް ބަލާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/01/2020

Research Tea
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޤަވާއިދުން ސައިބުއިމަކީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއް ކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔޫރަޕިއަން ޖާނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހެދުމަށްޓަކައި ރިސާޗަރުންވަނީ އެއް ލައްކަ އަށްވުރެ ގިނަ މީހުންގެ ޑާޓާތައް ބަލާފައެވެ. އެގޮތުން ރިސާޗަރުން އެތެރޮސްކްލެރޮސިސް ކާޑިއޮވަސްކިއުލާ ޑިޒީޒް (ލޭ ނާރުތަކުގައި ސަރުބީ ޖެހުން) އަށް ހުށަހެޅިގެންދާ ސަބަބުތައް ދެނެގަތުމަށް ކުރި މި ދިރާސާގައި ޑާޓާތައް ނަގާފައިވާ މީހުންނަކީ މީގެކުރިން ހިތުގެ ބަލިތައް ނެތްކަމަށް ރެކޯޑުތަކުން ދައްކާފައިވާ މީހުންނެވެ. އަދި ރިސާޗު ޓީމުންވަނީ މި މީހުން ދެ ބަޔަކަށް ބަހާލާފައެވެ. އެއީ ހަފްތާއަކު ތިނެއް ނުވަތަ އެއަށްވުރެ ގިނަފަހަރު ސައިބޯމީހުންނެވެ. އަދި އަނެއް ގްރޫޕްގައި ހިމެނެނީ ހަފްތާއަކު ތިން ފަހަރަށް ވުރެ މަދުން ސައިބޯމީހުންނެވެ.

ހަތް އަހަރުގެ މުއްދަތަކަށް ދިރާސާޓީމުން މި މީހުންގެ ސިއްހީ ރެކޯޑުތައް ވަނީ ބަލަހައްޓާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހަފްތާއަކު ތިންފަހަރަށްވުރެ ގިނައިން ސައިބޯމީހުންގެ ހިތް، މަދުން ސައިބޯމީހުންނަށްވުރެ ދުޅަހެޔޮކަން ވަނީ ދިރާސާ ޓީމަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް މިމީހުންނަށް ސްޓްރޯކް ޖެހުން އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު 20 އިންސައްތަ ދަށްއިރު ހިތުގެ ބައްޔެއްގައި މަރުވުމުގެ ފުރުސަތު 22 އިންސައްތައަށް ދަށްކަމަށް ދިރާސާޓީމުން ވަނީ ބުނެފަ އެވެ. އަދި ހިތުގެ އެހެން ބައްޔެއްގެ ސަބަބުން މަރުވުމުގެ ފުރުސަތު 15 އިންސައްތައަށް ދަށްކަމަށްވެސް ދިރާސާޓީމުން ބުނެއެވެ.

އަނެއްކާވެސް ފަސް އަހަރު ފަހުން ދިރާސާޓީމުން އިތުރަށް ބެލިބެލުމުން ހިތާއި ސައިގެ ވަރުގަދަ ގުޅުން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އާދައިގެ ސައިބޯމިހުންނަށް ސްޓްރޯކް ފަދަ ހިތުގެ ބަލިޖެހުމުގެ ފުރުސަތު 39 އިންސައްތައަށް ދަށްއިރު، މިފަދަ ބައްޔެއްގައި މަރުވުމުގެ ފުރސަތު 56 އިންސައްތައަށް ދަށްކަމަށް ދިރާސާޓީމުން ވަނީ ބުނެފަ އެވެ.

ޗައިނާގެ އެކަޑަމީ އޮފް މެޑިކަލް ސައިންސާއި ޕެކިން ޔޫނިއަން މެޑިކަލް ކޮލެޖް ގުޅިގެން މީގެ ކުރިން ހެދި ދިރާސާއަކުން ސަޔަކީ ޕޮލިފިނޮލްސް އިން މުއްސަނދިވެފައިވާ އެއްޗެއްގެ ގޮތުގައި ވަނީ މީގެކުރިން ދައްކާފައެވެ. ޕޮލިފެނޮލްސް އަކީ ހިތުގެ އަދި ލޭ ހިގުމުގެ ސެލް ފަންކްޝަން ރަނގަޅުކޮށްދީ އަދި ދުޅަވުން ފަސޭހަކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ޝީޒާ
19/01/2020 13:02
ކޮން ކަހަލަ ސައެއް. ކިރުތަ ކަޅުތަ
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ