އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/11/2020

ކޮވިޑް ޖެހޭ ކޮންމެ 5 މީހެެއްގެ ތެރެއިން އެކަކަށް ނަފްސާނީ ބަލި ތަހައްމަލް ކުރަންޖެހޭ!

މި ދިރާސާ ހެދުމަށް 69 މިލިޔަން މީހުންގެ ޑާޓާ އެނަލައިޒް ކޮށްފައިވާއިރު، އޭގެތެރެއިން 62،354 މީހުންނަކީ ކޮވިޑު ޕޭޝަންޓުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/11/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހޭ ކޮންމެ 5 މީހެއްގެ ތެރެއިން އެކަކަށް 90 ދުވަސްތެރޭގައި ނަފްސާނީ ބަލި ތަހައްމަލް ކުރަންޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދަ ލަންސެޓް ސައިކިއެޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ކޮވިޑަށް ޕޮޒިޓިވްވާ 18 އިންސައްތަ މީހުންނަށް 90 ދުވަސްތެރޭގައި ނަފްސާނީ ބަލިތައް ކަމަށްވާ ޑިޕްރެޝަން އަދި އެންޒައިޓީ ތަހައްމަލްކުރަން ޖެހުމުގެ ފުރުސަތު އޮވެއެވެ.

މި ދިރާސާ ހެދުމަށް 69 މިލިޔަން މީހުންގެ ޑާޓާ އެނަލައިޒް ކޮށްފައިވާއިރު، އޭގެތެރެއިން 62،354 މީހުންނަކީ ކޮވިޑު ޕޭޝަންޓުންނެވެ. އަދި ރިސާޗަރުންވަނީ މި މީހުންގެ މެދުގައި އުފެދޭ ނަފްސާނީ މައްސަލަތައް ދިރާސާ ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދިރާސާގެ ރިޕޯޓުގައި ވަނީ ކޮވިޑު ޖެހޭ މީހުންގެ މެދުގައި އެންޒައިޓީ ޑިސްއޯޑަރ، ޑިމެންޝިއާ އަދި ނިދުމަށް ދަތިވާ އިންސޮމްނިއާ ވެސް ތަހައްމަލްކުރަން ޖެހޭކަމަށް ބުނެފައެވެ. އަދި މިއަށްވުރެ ސީރިއަސް ނަފްސާނީ މައްސަލަތައް ކުރިމަތިވާކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ހެދި މިފަދަ ބައެއް ދިރާސާތަކުން ވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ނަފްސާނީ ބަލި ކުރިމަތިވާކަން ދެނެގަނެވިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ