އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/11/2020

މިއީ ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު ތަންތަން

މި ދިރާސާގައި ވާގޮތުން މި ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ ފުރުސަތު ބޮޑީ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/11/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔެއަށް ފެތުރިފައި މިވާ ކޮވިޑް-19 ޕެންޑަމިކްގައި ކޮންމެ ތަނަކުންވެސް މި ބަލި ފެތުރުމަކީ ވެދާނޭ ގޮތެކެވެ. އެހެންނަމަވެސް ހުރިހާ ތަނެއްގެ ތެރެއިން ވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ތަންތަން ސައިންސްވެރިން ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ.

ނޭޗާ ޖާނަލްގައި ޝާއިއުކުރި މި ދިރާސާގައި ވާގޮތުން އާންމު މުދާ ވިއްކާ ފިހާރަތައް، ރެސްޓޯރަންޓް، އަޅުކަން ކުރުމަށް އެއްވެ އުޅޭ ތަންތަން، ޖިމް، ކެފޭ އަދި ޓޫރިސްޓް ހޮޓެލް ފަދަ ތަންތަނުގައި މި ވައިރަސް ފެތުރުމުގެ ފުރުސަތު ދެގުނައަށް އިތުރެވެ. ރިސާޗަރުން މިހެން ބުނެފައިވަނީ 98 މިލިޔަން މީހުންގެ ފޯން ލޮކޭޝަން ޓްރެކްކޮށް ހެދި ދިރާސާއަކަށް ފަހުގައެވެ.

މި ދިރާސާގައި ވާގޮތުން މި ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ ފުރުސަތު ބޮޑީ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނުންނެވެ.

އެމރިކާގެ ސިޓީއެއް ކަމަށްވާ ޗިކާގޯގެ މިފަދަ ޑާޓާތަކަަށް ބަލާއިރު މިހާތަނަށް ރެސްޓޯރަންޓުތަކުން ވަނީ 600،000 މީހުންނަށް ކޮވިޑު ޖެހިފަ އެވެ. އަދި ޖިމްތަކުން 149،000 މީހުންނަށް ވަނީ މި ބަލި ޖެހިފަ އެވެ. އަދި ޗިކާގޯގެ އިތުރު ތަންތަން ހުޅުވާލިނަމަ މި އަދަދު 3.3 މިލިޔަނަށް އަރާނޭކަމަަށް ލަފާކުރެވެ އެވެ.

މޮ ދިރާސާގައި ވާގޮތުން މިތަންތަން ހުޅުވި ނަމަވެސް އެތަންތަނަށް މީހުން ވަންނަ އަދަދު 30 އިންސައްތައަށް މަދުކުރެވިއްޖެ ނަމަ ޕޮޒިޓިވް އަދަދު 1.1 މިލިއަނަށް، އަދި 20 އިންސައްތައަށް މަދުކުރެވިއްޖެނަމަ 650،000 އަށް މަދުކުރެވޭނޭ ކަމަށް ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ތަފާސް ހިސާބުތައް ގެނެސްފައިވަނީ 8 މާރޗުން 15 އޭޕްރީލް އާއި ދެމެދު ފެނުނު ޕޮޒިޓިވް ކޭސްތަކަށް ބިނާކޮށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ