އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/11/2020

މިއީ ކޮވިޑުގެ އެންމެ ކުރީކޮޅު ފެނިދާނެ އަލާމާތެއް: ދިރާސާ

ކޮވިޑް-19 ގައި ގިނަ މީހުންނަށް އެންމެ އޮޅުންއަރާ އަލާމާތަކަށް ވެފައި އޮންނަނީ ހުން އައުމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/11/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19ގެ ކުރީކޮޅު ފެނިދާނެ އެންމެ އާންމު އަލާމާތްތައް ގޮތުގައި މިހާތަނަށް އަހަރެމެންނަށް އެނގިފައިވަނީ ހުން އައުމާއި، ރޯގާ ޖެހުމާއި، ހިކިކޮށް ކެއްސުމާއި ވަރުބަލިވުން ފަދަ އަލާމާތަކެވެ. އަދި ބައެއް ފަހަރު މީގެތެރެއިން އަލާމާތެއް ނުފެނިވެސް ކޮވިޑު ޖެހެއެވެ.

އެހެންނަމަވެސް، ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި މިއާންމު އަލާމާތްތަކުގެ އިތުރުން، އެހެން ކަމަކަށްވެސް ސަމާލުވުން މުހިންމެވެ.

އެމެރިކާގެ ޔުނިވަރސިޓީއެއް ކަމަށްވާ ޔުނިވަރސިޓަޓް އޮބާރޓާ ޑި ކަޓަލުންޔާ (ޔޫއޯސީ)އިން ދާދިފަހުން ހެދި ދިރާސާއެއްގައި ވަނީ ޑެލިރިއަމް (އޮޅުން އެރުން) އާއި އެކު ހުން ވައްތަރުވުމަކީ ކޮވިޑުގެ ފުރަތަމަ ދުވަސްވަރު އެންމެ ފެންނާނޭ އަލާމާތެއް ކަމަށް ބުނެފަ އެވެ.

ޖާނަލް އޮފް ކްލިނިކަލް އިމިއުނޮލޮޖީ އެންޑް އިމިއުނޮތެރަޕީ ގައި ގައި ޝާއިއުކުރި މި ދިރާސާގައި ވާގޮތުން މިގޮތަށް ވުމުގެ ސަބަބުން ގިނަ ފަހަރަށް ބަލީގެ އަލާމާތްތަކާއި ގުޅޭގޮތުން ނަފްސާނީ އޮޅުބޮޅުންގަނޑަކަށް ދެއެވެ. އަދި ބަލީގެ ދެން ހުރި އަލާމާތްތައް ކަމަށްވާ ރަހަ ނުލުން، ބޮލުގައި ރިއްސުން، ކެއްސުން އަދި ނޭވާލުމަށް ދަތިވުމުގައި މިފަދަ އޮޅުންތައް އަރައެވެ.

ޔޫއޯސީގެ ރިސާޗަރެއް ކަމަށްވާ ޒެވިއަރ ކޮރިއާ ވިދާޅުވިގޮތުގައި ޑެލިރިއަމް ކޮންފިއުޝަން އަކީ ހަގީގަތުގައި ކަމެއް ދިމާވިނަމަވެސް، އެއީ ހުވަފެނީ ކަމެއްގެ ގޮތަށް އިހްސާސް ވުމަށް ކިޔާ ނަމެކެވެ. އަދި މިފަދަ ޕެންޑަމިކް އެއްގައި ނަފްސާނީގޮތުން އަރާފާނެ މިކަހަލަ ކޮންމެ އޮޅުމަކަށް ތައްޔަަރަށް ތިބެންޖެހޭނެ ކަމަށް އޭނާވަނީ ބުނެފަ އެވެ. 

ޔޫއޯސީގެ ކޮގްނިޓިވް ނިއުރޯ ލެބްގެ ރިސާޗަރުން ވަނީ ކޮވިޑްގެ ސަބަބުން ސިކުނޑިއަށް ކުރާ އަސަރުތައް ދެނެގަތުމަށްވެސް ދިރާސާއެއް ހަދާފަ އެވެ.

އަދި މީގެއިތުރުން ރިސާޗަރުން ވަނީ ކޮވިޑުގެ ސަބަބުން ނޭވާލާ ނިޒާމާއި، ހިތާއި، އަދި ނާރުތަކަށް ގެއްލުން ލިބި، މީގެ އިތުރުން ބޮލުގައި ރިހުމާއި، ޑެލިރިއަމް އަދި ނަފްސާނީ މައްސަލަތައް ކުރިމަތި ކުރުވާކަން ދެނެގަނެފަ އެވެ.

ޑެލިރިއަމްގެ އަލާމާތްތަކުގެ ގޮތުގައި ހިމެނެނީ:

- މާހައުލާއި ގުޅޭގޮތުން ހޭލުންތެރިކަން ކުޑަވުން
• އެއް މައުޟޫއަކަށް ސަމާލުކަން ނުދެވި އަވަސް އަވަހަށް މައުޟޫއު ބަދަކުކުރުން
•ހިޔާލު ފާޅުނުކުރެވި ސިކުނޑީގައި ބެހެެއްޓުން
•މުހިއްމު ނޫން ކަންކަމާއި އަވަދިނެތި އުޅުން
•ހަރާކާތްތެރިވެ އެޅުން މަދުވެ، ސަމާލުކަން ދިނުން ކުޑަވުން

- ވިސްނުން ކޮށިވުން
• އަވަހަށް ހަނދާންނެތުން
• ވާހަކަދެއްކުމަށް ނުވަތަ ބަސްތައް ހަނދާން ކުރުމަށް އުނދަގޫވުން
• ނުގުޅޭ ވާހަކަދެއްކުން
• ކިޔާ އެއްޗެެއް ނުވަތަ ލިޔެފައި އޮތް އެއްޗެއް ދޭހަނުވުން

- އުޅުމަށް ބަދަލު އައުން
• ނެތް އެއްޗެހި ފެނުން (ހެލޫސިނޭޝަންސް)
• އަވަސް އަރުވާލާފައި އުޅުން
• ތަފާތު އަޑުލެއްވުން ނުވަތަ ގޮވުން
• މާބޮޑަށް ނެގިމަޑުވެފައި އިނުން
• ހަރަކާތްތައް ލަސްވުން
• ނިދުމަށް އުނދަގޫވުން 
• ރޭގަނޑައި ދުވާލު އޮޅުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ