އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 08/12/2020

ފޫޅުމައިންގެ ސަބަބުން އެތައް މިލިޔަން އަންހެނުންނެއްގެ ފުރާނަ ސަލާމަތްވޭ: ދިރާސާ

ވިހެއުމުގެ ތެރޭގައި ގިނަ އަންހެނުންގެ ފުރާނަ ސަލާމަތް ކުރެވިފައިވަނީ ސިއްހީ އެހީތެރިންނާއެކު ފޫޅުމައިންގެ ބުރަ ހިތްވަރުން - ދިރާސާ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 08/12/2020

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ހިސާބުތަކުން އަހަރެއްގެ މައްޗަށް ވިހެއުމުގެ ތެރޭގައި ދިމާވާ ކަންކަމާއި ގުޅިގެން އެތައް ސަތޭކަ ހާސް އަންހެނުންނެއް މަރުވާން ދިމާވެއެވެ.

އަދި މީގެތެރެއިން ގިނަ އަންހެނުން މަރުވުމަށް މެދުވެރިވަނީ އެ ވަސީލަތެއްގެ އެހީގައި ފުރާނަ ސަލާމަތްކުރެވިދާނެ ފަދަ އެއްޗެއް ނެތުމުގެ ސަބަބުންނެވެ.

ދަ ލެންސެޓް ގްލޮބަލް ހެލްތްގައި ދާދިފަހުން ޝާއިއުކުރި ދިރާސާއެއްގައި ވާގޮތުން ވިހެއުމުގެ ތެރޭގައި ގިނަ އަންހެނުންގެ ފުރާނަ ސަލާމަތް ކުރެވިފައިވަނީ ސިއްހީ އެހީތެރިންނާއެކު ފޫޅުމައިންގެ ބުރަ ހިތްވަރުންނެވެ.

ހަމައެހެންމެ ދަށް އަދި މެދު ފަންތީގެ ޤައުމުތަކުގައި ފަސޭހައިން ފޫޅުމައިންނާއި ހަމަ ވާސިލްވެވި އެމީހުންގެ ހިދުމަތްތައް މިހާރަށްވުރެ ފަސޭހައިން ލިބެން ހުންނަނަމަ ބަނޑަށް ދަރިފުޅު މަރުވުން، އަދި ވިހެއުމުގެ ތެރޭގައި ތުއްތު ކުދިން މަރުވާ އަދަދު މަދުކުރެވިދާނޭ ކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

“ވިހެއުމުގެ ތެރޭގައި ގިނަ މީހުން މަރުވަނީ ދަށްފަންތީގެ ޤައުމުތަކުގައި. އަދި ރަނގަޅު ފޫޅުމައިން ތިބޭނަމަ މި އަދަދު އެތައް ގުނައަކަށް މަދުކުރެވިދާނެ.” އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑރ. ފްރޭންކް ޝެރްވަނޭކް ވިދާޅުވެފައި ވެއެވެ.

މި ދިރާސާ ހަދާފައިވަނީ ނޮވަމެޓްރިކްސް ލިމިޓެޑް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް، ޔުނިވަރސިޓީ އޮފް ސިޑްނީ އަދި ބާރނެޓް ޔުނިވަރސިޓީ ގުޅިގެންނެވެ. 

މި ދިރާސާ ހަދާފައިވަނީ ދަށް އަދި މެދު ފަންތީގެ 88 ޤައުމެއްގައި ފޫޅުމައިން އަދި ވިއްސުމަށް އެހީތެރިވާ ސިއްހީ އެހީތެރިން އިތުރުކުރުމުން އަންނަ ބަދަލަށް ބިނާކޮށެވެ.

އެގޮތުން ދިރާސާގައި ރިސާޗަރުން ވަނީ މާބަނޑުވުމުގެ ކުރިން، މާބަނޑު ދުވަސްވަރު އަދި ވިހެއުމަށް ފަހުގައިވެސް ފޫޅުމައިންގެ ދައުރު ތަފާތު 30 ދާއިރާއަކުން ދިރާސާ ކޮށްފަ އެވެ. މީގެ މިސާލެއްގެ ގޮތުން: މާބަނޑު މީހާގެ ލޭގެ ޕްރެޝަރު ބެލުމާއި، ހަކުރުބައްޔަށް ޓެސްޓް ކުރުމާއި، ވިހެއުމުގެ މަރުހަލާ އަދި ގާތުން ކިރުދިނުމުގައި ފޯރުކޮށްދޭ އެހީތެރިކަން ހިމެނެއެވެ.

އެގޮތުން ރިސާޗަރުން ވަނީ ތަޖުރިބާ ހުރި ފޫޅުމައިންގެ ސަބަބުން ބަނޑަށް ދަރިފުޅު މަރުވުން، އަދި ވިހެއުމުގެ ތެރޭގައި މަރުވާ ރޭޓް ތިނަކުން ދެއަކަށް މަދުކުރެވޭ ކަމަށް ބުނެފަ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން 2035އަށް ވިހެއުމުގެ ތެރޭގައި މައިން މަރުވާ އަދަދު 280،000އަށް، ތުއްތުކުދިން މަރުވާ އަދަދު ދެ މިލިޔަނަށް، އަދި ބަނޑަށް ދަރިން މަރުވާ އަދަދު ދެ މިލިޔަނަށް މަދުކުރެވޭނޭ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ