އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/11/2020

ކޮވިޑް-19 ޖެހޭ 80 އިންސައްތަ މީހުން ގައިން ވިޓަމިން ޑީ މަދު: ދިރާސާ

މި ދިރާސާގައި ވަނީ ކޮވިޑް-19 ޖެހިގެން ސްޕެއިންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި 216 ބަލިމީހުންގެ ޑާޓާތައް ބަލާފައެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/11/2020

Research Coronavirus COVID-19 Vitamin D
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އަށް ޕޮޒިޓިވްވާ 80 އިންސައްތަ މީހުންގެ ލޭގައި ހުންނަ ވިޓަމިން-ޑީ މަދުވާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިސަމް ގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ވަނީ ކޮވިޑް-19 ޖެހިގެން ސްޕެއިންގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި 216 ބަލިމީހުންގެ ޑާޓާތައް ބަލާފައެވެ. 

މި ދިރާސާއަށް ފަހު ރިސާޗަރުން ވަނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82.2 އިންަސައްތަ މީހުންގެ ގައިން ވިޓަމިން-ޑީ މަދުކަމަށް ބުނެފަ އެވެ. އަދި ހާއްސަކޮށް ކޮވިޑް ޖެހޭ އަންހެނުންނަށްވުރެ ފިރިހެނުންގެ ވިޓަމިން-ޑީ މަދުކަމަށް ވަނީ ބުނެފަ އެވެ. 

ވިޓަމިން-ޑީ ޑެފިޝަންސީ ހުންނަ މީހުން ފަސޭހައިން ހައިޕަރޓެންޝަން (ލޭ މައްޗަށް ދިޔުން) ވުމުގެ އިތުރުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ. އަދި އެފަދަ މީހުންނަށް އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާދޭން ޖެހޭ މުއްދަތުވެސް އިތުރުކަމަށް ވަނީ ބުނެފަ އެވެ. 

ޔުނިވަރސިޓީ އޮފް ހޮހެންހެއިމްގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަންސް ކޮންރަޑް ވިދާޅުވިގޮތުގައި ވިޓަމިން-ޑީ ޑެފިޝަންސީ ހުންނަ މީހުން ހައިޕަރޓެންޝަން ވުމުގެ އިތުރުން, ހަކުރުބަލި ޖެހުމާއި، އަދި އޮބޭސިޓީވުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. 

އެހެންނަމަވެސް ވިޓަމިން ޑެފިޝަންސީ ހުންނަ އުމުރުން ދުވަސްވީ މީހުންނާއި، ސިއްހީ ގޮތުން ނުރައްކާ އޮންނަ މީހުންަނަށް ވެސް ފަރުވާ ދެވޭނެކަމަށް މި ދިރާސާގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ