އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/11/2020

ވޭޕް ކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ބަލި ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް އިތުރުވޭ: ދިރާސާ

މިހާތަނަށް ސައިންސްވެރިން ހޯދި ހޯދުންތަކުން ބުނާގޮތުގައި ވޭޕްކުރުމުންވެސް ހަށިގަނޑަށް ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/11/2020

Research Vape
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސިގިރޭޓުން ލިބޭ ގެއްލުމުގެ ވާހަކަތަކަކީ އަހަރެމެންގެ ތެރޭގައި އާ ވާހަކަތަކެއް ނޫނެވެ. އެހެންކަމުން މި ގެއްލުންތަކުން ބިރަށް، “ސިއްހަތަށް ގެއްލުން ނުލިބޭ” ކަމަށް ބުނެ ވިއްކަމުންދާ އީ-ސިގިރޭޓް ނުވަތަ ވޭޕް ވެސް ގިނަ ބަޔަކު ދަނީ ބޭނުންކުރަމުންނެވެ.

ހަމައެހެންމެ ވޭޕްކުރުން ބައެއް ޒުވާނުންގެ މެދުގައި މިހާރު ވަނީ ސަގާފަތަކަށް ވެސް ވެފައެވެ. އެހެންނަމަވެސް މިހާތަނަށް ސައިންސްވެރިން ހޯދި ހޯދުންތަކުން ބުނާގޮތުގައި ވޭޕްކުރުމުންވެސް ހަށިގަނޑަށް ލިބޭ ގެއްލުން ވަކި ކުޑައެއް ނޫނެވެ.

އެގޮތުން ބޮސްޓޮން ޔުނިވަރސިޓީ އޮފް ޕަބްލިކް ހެލްތް އަދި ސްކޫލް އޮފް މެޑިސިންގެ ރިސާޗަރުންތަކެއް ގުޅިގެން ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ވޭޕްކުރުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު 40 އިންސައްތައަށް އިތުރުވާކަމަށް ބުނެފަ އެވެ.

ޖާމާ ނެޓްވޯކް އޯޕެންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ދިރާސާގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ކުރިންވެސް އީ-ސިގިރޭޓް ބޭނުންކޮށްފައިވާ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު 21 އިންސައްތައަށް އެބައޮތެވެ. އަދި މިހާރު އީ-ސިގިރޭޓް ބޯ މީހުންނަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު 41 އިންސައްތައަށް އޮތްކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

“މި ދިރާސާއިން އީ-ސިގިރޭޓުގެ ސަބަބުން ގެއްލުން ލިބޭކަމުގެ ހެކިތައް ލިބޭ” މި ދިރާސާގެ ރިސާޗަރެއް ކަމަށްވާ ޑރ. އެންޑްރޫ ސްޓޯކްސް ވިދާޅުވެފައި ވެއެވެ. 

ޑރ. އެންޑްރޫ ވިދާޅުވިގޮތުގައި  ފާއިތުވި ދެ އަހަރުތެރޭގައި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވޭޕްކުރުން ވަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފަ އެވެ. އަދި މީގެ ސަބަބުން އަނބުރާ ނުހޯދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނޭކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ހެދި ދިރާސާއަކުން ވެސް ވަނީ ވޭޕްކުރާ މީހުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ސީރިއަސް މައްސަލަތައް ކުރިމަތިވާކަން ހޯދިފަ އެވެ.

އީ-ސިގިރޭޓުގެ ސަބަބުން ކުރިމަތިވެދާނެ ބައެެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ކޮރޮނިކް ބްރޮންކައިޓިސް ރިސްކް 33 އިންސައްތައަށް މަތިވުން، އެމްފައިސީމާ ރިސްކް 69 އިންސައްތައަށް އުފުލުން، ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީސް ރިސްކް 57 އިންސައްތައަށް އުފުލުން، އަދި އެސްމާ ރިސްކް 31 އިންސައްތައަށް އުފުލުން ހިމެނެއެވެ. މިއީ މުޅިންވެސް ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ