އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/01/2020

ކުދިންނަށް ފުލް-ފެޓް ކިރު ދޭނަމަ ފަލަބަލި (އޮބީސިޓީ) ޖެހުމުގެ ފުރުސަތު ކުޑަވޭ: ދިރާސާ

ޓޮރޮންޓޯގައި ހުންނަ އެސްޓީ. މައިކަލް ހޮސްޕިޓަލްއިން އިސްނަގައިގެން ހެދި މި ދިރާސާއަށް ވަނީ ހަތް ޤައުމަކުން 1 އަހަރާއި 18 އަހަރާއި ދެމެދުގެ 20،897 ކުޑަކުދިންގެ 28 ދިރާސާއެއް ބަލާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/01/2020

Research Obesity
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރެޑިއުސްޑް ފެޓް މިލްކް ބޯކުދިންނަށްވުރެ، ފުލް-ފެޓް މިލްކް ބޯ ކުދިން އާދަޔާހިލާފަށް ބަރުވުން ނުވަތަ ފަލަބައްޔަށް ހުށަހެޅޭ މިންވަރު 40 އިންސައްތައަށް ދަށްކަމަށް ކެނޭޑިއާގެ ދިރާސާއަކުން ދައްކައިފި އެވެ.

ޓޮރޮންޓޯގައި ހުންނަ އެސްޓީ. މައިކަލް ހޮސްޕިޓަލްއިން އިސްނަގައިގެން ހެދި މި ދިރާސާއަށް ވަނީ ހަތް ޤައުމަކުން 1 އަހަރާއި 18 އަހަރާއި ދެމެދުގެ 20،897 ކުޑަކުދިންގެ 28 ދިރާސާއެއް ބަލާފައެވެ. މި 28 ދިރާސާއަކީ ވެސް ގެރިން ލިބޭ ކިރު ބުއިމަށް ބޭނުންކުރުމާއި ފަލަބަލިއަށް ހުށަހެޅުމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކެކެވެ.

ދަ އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ ހޯދުންތަކުގައި ވާގޮތުން މި 28 ދިރާސާގެ ތެރެއިން 18 ދިރާސާއެއްގައި ވަނީ ލޯ ފެޓް ކިރު ބޭނުންކުރާ ކުދިންނަށްވުރެ ފުލް ފެޓް ކިރު ބުއިމަށް ބޭނުންކުރާ ކުދިން ފަލަބައްޔަށް ހުށަހެޅޭ މިންވަރު 40 އިންސައްތައަށް ދަށްކަމަށް ފެނިފައެވެ.

ބާކީ ވި 10 ދިރާސާއިން ފުލް ފެޓް ކިރު ބުއިމާއި ފަލަބައްޔާއި ދެމެދު ގުޅުމެއްވާ ކަމަށް ނުދެއްކި ކަމުގައިވިއަސް، މި 10 ދިރާސާގައި ލޯ ފެޓް ކިރު ބުއިމާއި ފަލަބައްޔާއި ދެމެދު ގުޅުމެއްވާ ކަމަށްވެސް ނުދައްކައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ