އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 08/01/2020

ސިއްހީ ދާއިރާއިން ދިރާސާ ކުރުމަށް އެއްބާރުލުން ދޭން އޭޑީކޭ ހޮސްޕިޓަލުން ސޮއިކޮށްފި

އެ ހޮސްޕިޓަލުން ވަނީ މޯލްޑިވްސް ރިސާޗާއި ވިލާ ކޮލެޖް އަދި ވިލާ ފައުންޑޭޝަނާ އެކު ސޮއިކޮށްފަ އެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 08/01/2020

ADK Hospital Research Villa College Maldives Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ސިއްހީ ދާއިރާއިން އެކި އެކި ދިރާސާ ހެދުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

އެ ހޮސްޕިޓަލުން ވަނީ މޯލްޑިވްސް ރިސާޗާއި ވިލާ ކޮލެޖް އަދި ވިލާ ފައުންޑޭޝަނާ އެކު ސޮއިކޮށްފަ އެވެ.

މިއީ ރާއްޖޭގެ އިޖުތިމާއީ ތަފާތު ދާއިރާތަކުގައި ދިރާސާކޮށް އާ ހޯދުންތަކަށް މަގުފަހިކުރުމުގައި އެއްބާރުލުން އިތުރުކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ހެދި އެއްބަސްވުމެކެވެ.

 އިއްޔެ ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު (ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް)

 

 

އޭޑީކޭ ހޮސްޕިޓަލާއި މޯލްޑިވްސް ރީސާޗާއި ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގައި ދެފަރާތުން އެއްބަސްވެފައިވަނީ ސިއްހީ ދާއިރާއިން ދިރާސާ ކުރުން ކުރިއެރުވުމަށް އެއްބާރުލުން ދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީންތައް ދިނުމަށް އެހީތެރިވެދިނުމަށެވެ.

މިއެމްއޯޔޫތަކަކީ ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ކުރިއަރައިގެން ދާން ބޮޑު ހިތްވަރަކަށްވެ، މިދިރާސާތަކަކީ ރާއްޖޭގެ ތަރައްގީ އަދި ކުރިއެރުމަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ