އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/12/2019

ކޮފީއިން ބަރުދަން ލުއިކުރެވިދާނެތަ؟

"މި ދިރާސާތަކަށް ބަލާނަމަ ކެފެއިން ފާހަގަކުރެވެނީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެއްގެ ގޮތުގައި"
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/12/2019

Research Coffee Caffeine Weight loss
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮފީގައި ހިމެނޭ ކެފެއިންގެ ޒަރިއްޔާއިން ބަރުދަން ލުއިކުރެވޭނެ ކަމަށް އިލްނޮއިސް ޔުނިވަސިޓީގެ ސައިންޓިސްޓުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މީދާ ބޭނުންކޮށްގެން ހެދި މިދިރާސާގެ ނަތީޖާއަށް ވާސިލްވުމަށްޓަކައި ދިރާސާޓިމުން ވަނީ މި މީދާތަކަށް ހަތަރު ހަފްތާ ވަންދެން ކެފެއިން ގިނަ އަދަދަކަށް ހިމެނޭ މޭޓް ޓީ، ސިންތެޓިކް ކެފެއިން އަދި ކޮފީ ދީފަ އެވެ.

މި ދިރާސާގައި ވާގޮތުން މި މުއްދަތުގައި މި މީދާތަކަށް ކާންދީފައިވަނީ 40 އިންސައްތަ ފެޓްސް އާއި 45 އިންސައްތަ ކާބޯހައިޑްރޭޓްސް އަދި 15 އިންސައްތަ ޕްރޮޓީން ހިމެނޭ ކާނާއެވެ. އޭގެއިތުރުން ކެފެއިން ދީފައިވަނީ 4 ތަށި ކޮފީގައި ހިމެނޭ ވަރަށެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާގޮތިން މި މުއްދަތުގެ ތެރޭގައި ތަހްލީލަށް ބޭނުންކުރި މީދާތަކުގެ ގައިން ވަނީ 16 އިންސައްތަ ބަރުދަން ލުއިވެފަ އެވެ. އަދި އަދި ކެފެއިން ނުހިމެނޭ ބުއިންތަކަށްވުރެ، 22 އިންސައްތަ ފެޓްސް މި މީދާތަކުގެ ހަށިގަނޑުން  މަދުވެފައިވާ ކަމަށްވެސް ދިރާސާގެ ޓީމުން ވަނީ ބުނެފަ އެވެ. 

މި ދިރާސާއަށްފަހު ދިރާސާގެ ޓީމުން ބުނެފައިވަނީ ކެފެއިންގެ ސަބަބުން ކާ ޑައިޓަށްވެސް އަސަރު ފޯރާ ކަމަށެވެ. އެގޮތުން ފެޓް ސެލްސްގައި ހުންނަ ލިޕިޑް ސްޓޯރޭޖް މަދުކޮށް، ބަރުވުން ލިމިޓްކޮށް، ޓްރައިގްލައިސެރިޑްސްއަށްވެސް އަސަރުކުރުވާ ކަމަށް ވަނީ ބުނެފައެވެ. 

"މި ދިރާސާތަކަށް ބަލާނަމަ ކެފެއިން ފާހަގަކުރެވެނީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެއްގެ ގޮތުގައި" ދިރާސާ ޓީމުގެ ކޯ އޯތަރ އެލްވިރާ ގޮންޒަލެޒެ ވެސް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ