އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/12/2019

ކަސްރަތުގެ ސަބަބުން 7 ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވޭ- ދިރާސާ

ޖުމްލަ 755،000 ބޮޑެތި މީހުން ބޭނުންކޮށްގެން ހެދި މި ދިރާސާގެ ޓީމުގައި ހިމެނެނީ އެމެރިކަން ކެންސަރ ސޮސައިޓީގެ ރިސާޗަރުންނާއި ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް އާއި ހާވާޑް ޓީ.އެޗް. ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ރިސާޗަރުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/12/2019

Research Cancer Exercise
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޤަވާއިދުން ކަސްރަތު ކުރާނަމަ ހަތް ވައްތަރެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ދިރާސާއަކުން ދައްކައިފި އެވެ. 

ކްލިނިކަލް އޮންކޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ވާގޮތުން ކޮންމެ ދުވަހަކުވެސް ހަރަކާތްތެރިވުމަށް ސިއްހީ މާހިރުން ބުނެފައި އޮންނަ ގައިޑްލައިން އާއި އެއްގޮތަށް ހަރަކާތްތެރިވެ އުޅޭނަމަ، ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު ކުޑަވެއެވެ. 

އެގޮތުން އާއްމުގޮތެއްގައި ސިއްހަތު ރަނގަޅު ބޮޑު މީހެއްވެސް މަދުވެގެން ހަފްތާއަކު 2.5- 5 ގަޑިއިރު ހެލިފެލިވެ އުޅުން، މިސާލަކަށް: ހަރުކޮށް ހިނގާލުން ނުވަތަ ގަސްތަކަށް ފެންދީއުޅުން ފަދަ ކަންކަން ކުރުމަށް ސިއްހީ މާހިރުން ބާރުއަޅައެވެ. ނުވަތަ މަދުވެގެން 2.5 ގަޑިއިރު ދުވުން، ފެތުން، ޖަމްޕިން ރޮޕް ނުވަތަ ހައިކިން އަށް ދިއުމަށްވެސް މި ގައިޑްލައިން ގައި ވަނީ ބާރުއަޅާފައެވެ.

އެމެރިކަން ކެންސަރ ސޮސައިޓީގެ، އެޕިޑެމިއޮލޮޖީ ރިސާރޗްގެ ސީނިއާރ ސައިންޓިފިކް ޑިރެކްޓަރ، އަލްޕާ ޕަޓޭލް ބުނެފައިވާގޮތުން މި ގައިޑްލައިން ބޮޑަށް އަމާޒުކޮށްފައި ވަނީ ވެސް ގައިންގަޔަށް ނާރާ ބަލިތައް ކަމަށްވާ ކާރިޑިއޮވަސްކިއުލާ ޑިޒީސް އަދި ޑައިބެޓިކްސް އަށް ކަމަށެވެ. އަދި މި ޑާޓާތަކުގެ ސަބަބުން ކެންސަރުން ދުރުވުމަށް ގެންގުޅޭ މިންތައް ދެނެގަތުމަށް އިތުރު އެހީތެރިކަން ލިބޭކަމަށް ވެސް އޭނާވަނީ ބުނެފަ އެވެ.

ޖުމްލަ 755،000 ބޮޑެތި މީހުން ބޭނުންކޮށްގެން ހެދި މި ދިރާސާގެ ޓީމުގައި ހިމެނެނީ އެމެރިކަން ކެންސަރ ސޮސައިޓީގެ ރިސާޗަރުންނާއި ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް އާއި ހާވާޑް ޓީ.އެޗް. ޗަން ސްކޫލް އޮފް ޕަބްލިކް ހެލްތްގެ ރިސާޗަރުންނެވެ.

އަދި މި ދިރާސާ ޓީމުންވަނީ ދިރާސާގައި ބައިވެރިވި މީހުންގެ ހެލިފެލިވެ އަދި ހަރަކާތްތެރިވެ އުޅޭ މިންގަނޑު ބަލާފައެވެ. އަދި މި މީހުންގެ ގައިން މުޅި ޖުމްލަ 15 ވައްތަރެއްގެ ކެންސަރު ފެނޭތޯވެސް ދިރާސާޓީމުން ވަނީ ބަލާފައެވެ.

ހަރަކާތްތެރިވެ އުޅުމަށް ތައްޔާރުކޮށްފައިވާ ގައިޑްލައިންގެ އަމާޒަކީ މި ހަތް ވައްތަރުގެ ކެންސަރުޖެހުމުގެ ފުރުސަތު ކުޑަކުރުން ކަމަށްވާއުރު، މި ގައިޑްލައިނަށް އަމަލުކުރާނަމަ ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ކިޑްނީ ކެންސަރު ޖެހުމަށް މަގުފަހިވުން 17 އިންސައްތައަށް ކުޑަކޮށް، ލިވަރގެ ކެންސަރު ޖެހުން 27 އިންސައްތައަށް ކުޑަކޮށްދީ އަދި މައިލޮމާ ކެންސަރު ޖެހުން 19 އިންސައްތައަށް ކުޑަކޮށްދޭ ކަމަށް ދިރާސާ ޓީމުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގައިޑްލައިނާއި އެއްގޮތަށް ކަސްރަތުކުރި ފިރިހެނުންނަށް ކޯލޮން ކެންސަރު ޖެހުމުގެ ފުރުސަތު 14 އިންސައްތަ ކުޑަވެފައިވާއިރު، އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 10 އިންސައްތައަށް ކުޑަވެފައިވެއެވެ.

މިދިރާސާގެ ބައިވެރިން ދިރިއުޅުމުގައި އެހެނިހެން ސިއްހަތަށް ފައިދާހުރި ކަންކަން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ހެދި ދިރާސާއެއްގައިވެސް ކަސްރަތާއި ކެންސަރާއި ދެމެދު ގުޅުމެއްވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ