އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/12/2019

އިންސާނާ ސިއްސައިގެންދާ ވަގުތު މިހާގެ ހަރަކާތް ހުއްޓެނީ ކީއްވެގެން؟

މި ދިރާސާގައި ބުނާގޮތުން އިންސާނާ ސިއްސައިގެންދާ ވަގުތު މިހާގެ ހަރަކާތް ހުއްޓެނީ ސެރެޓޮނިން ނަމަކަށް ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/12/2019

Research Serotonin
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންސާނާ ސިއްސައިގެންދާ ވަގުތު މީހާގެ ހަރަކާތް ހުއްޓޭ ސަބަބު މެއްސެއްގެ އެހީގައި ހޯދައިފިއެވެ.

"ކަރެންޓް ބައޮލޮޖީ"ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން އިންސާނާ ސިއްސައިގެންދާ ވަގުތު މިހާގެ ހަރަކާތް ހުއްޓެނީ ސެރެޓޮނިން ނަމަކަށް ކިޔާ ކެމިކަލްއެއްގެ ސަބަބުންނެވެ.

މި ދިރާސާގެ ބޭނުމަކީ ކުދި މެހިން ކަނޑުގައި ދިރިއުޅޭ މަހަށް އަދި އިންސާނުންނަށް ދިމާވާ ކުއްލި ޝޮކެއް ނުވަތަ ކަމަކާއި ސިއްސައިގެންދާ ވަގުތު ހަށިގަނޑު ހުއްޓެނީ ނުވަތަ ގަނޑުވަނީ ކީއްވެތޯ ބެލުމަށެވެ. އަދި މި ދިރާސާގެ ނަތީޖާއަށް ވާސިލްވެފައިވަނީ މެއްސެއްގެ ޒަރިއްޔާއިން ކަމަށް ދިރާސާ ޓީމުންވަނީ ބުނެފައެވެ.

"މިސާލަކަށް ހިތަށް އަރުވާލާ ތިމަންނަ މިއިނީ އާއިލާ އާއިއެކު ގޭގެ ސިޓިންގްރޫމްގަ އޭ. އިންދާ ކުއްލިއަކަށް ގެއިން ކަރަންޓު ގޮސް ބިންގަނޑު ގުޑަންފެށީ... އެ ގަޑީގަ ކަލޭއަށާއި ކަލޭގެ އާއިލާ މީހުންނަށް ވާނޭގޮތް. ފުރަތަމަ މީހާއެއްކޮށް ގަނޑުވާނީ، އޭގެ ފަހުގައި ސަލާމަތްވާން އުޅެވޭނީ ވެސް. މި ދިރާސާއިން ވެސް ފެންނާނީ ހަމައެހެން. މެހި ސިއްސައިގެންދާ ވަގުތު އެ އެއްޗެހީގެ ނާރވަސް ސިސްޓަމްއިން ފޮނުވާލާ ސެރޮޓޮނިން ކެމިކަލްއެއްގެ ސަބަބުން ހިނދުކޮޅަކަށް ހަށިގަނޑު ހުއްޓިގެން ދޭ. އަދި އިންސާނުންނަށްވެސް އެހެން ދިމާވަނީ އެމީހުންގެ ހަށިގަނޑުގައި ސެރޮޓެނިން ކެމިކަލް ހުންނާތީ. އަދި މި ދިރާސާއިން ލިބުނު މައުލޫމާތުގެ އަލީގައި މުސްތަޤްބަލްގައި އިންސާނާގެ ހަށިގަނޑު ހުއްޓޭ ވަގުތު ހަށިގަނޑަށް ވާގޮތްވެސް ހޯދިދާނެ." މިފަދައިން ދިރާސާ ޓީމްގެ އިސް އިންވެސްޓިގޭޓަރ މޯރޓިމާރ ބީ. ޒުކަރމަން ވަނީ ބުނެފަ އެވެ.

ދިރާސާ ޓީމުން ހޯދިހޯދުމުން ލަފާކުރެވޭގޮތުގައި މި ކެމިކަލްގެ ދައުރަކީ ސިކުނޑީގެ އެހީގެ އިންސާނާގެ މޫޑާއި އިމޯޝަން ރެގިއުލޭޓް ކުރުމެވެ. އެހެންނަމަވެސް މެހި އަދި ވާރޓިބްރޭޓްސް ބޭނުންކޮށްގެން މީގެކުރިން ހެދި މިފަދަ ދިރާސާއަކުން ވަނީ މި ކެމިކަލްގެ ސަބަބުން ޖަނަވާރުންގެ ހަރަކާތަށްވެސް އަސަރުކުރުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކޮލަމްބިޔާގެ މި ދިރާސާ ޓީމުގެ މައިގަނޑު މަޤްސަދަކީ މި ކެމިކަލްގެ އަސްލު ބޭނުން ރަނގަޅަށް ދެނެގަތުންކަމަށް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

މި ދިރާސާ ހެދުމަށްތަކައި ދިރާސާ ޓީމުން ފުރަތަމަ ވަނީ ފްލައިވޯކާ އެއްގެ އެހީގައި މި ފަދަ މެހި ފިޔަވަޅު އަޅާގޮތް ދެނެގަނެފައެވެ. މިކަމަށްޓަކައި ދިރާސާޓީމުން ބޭނުންކޮށްފައިވަނީ ޑރ. މަން އަދި ކޮލަމްބިޔާގެ ފިޒިސިސްޓެއް ކަމަށްވާ ސަބޯލްޗް މާރކާ އީޖާދުކޮށްފައިވާ ހާއްސަ ބިއްލޫރިއެކެވެ.

މި ދިރާސާއިން ދައްކާގޮތުން މެހީގައި މި ކެމިކަލްގެ ސަބަބުން އެ އެއްޗެހީގެ ހަރަކާތް ހިނދުކޮޅަކަށް މަޑުޖައްސާލައެވެ. އަދި ހަމަ އިރުކޮޅެއްތެރޭގައި ހަރަކާތް އަވަސްވެސް ކުރުވައެވެ. އަދި މީގެއިތުރުން މި ކެމިކަލްގެ ސަބަބުން މެހީގެ ހިނގުމުގެ ސްޕީޑަށް އެކި ހާލަތްތަކުގައި ބަދަލު ގެނުވައެވެ. އެގޮތުން ތަފާތު ފިނިހޫނުމިނުގަ އާއި މެހި ބަނޑުހައިވެފައި ހުންނަ ވަގުތު އަދި އެކޮޅުކޮޅުން ހިނގާއިރު މި ކެމިކަލްގެ ސަބަބުން އެ އެއްޗެހީގެ ހިނގުމުގެ ސްޕީޑަށް ބަދަލު އާދެއެވެ.

މުސްތަޤްބަލުގައި މެހީގެ ހަރަކާތަށް އަންނަ ބަދަލުގައި ސެރޮޓޮނިން ކެމިކަލްގެ ދައުރު އަދި މެހީގެ ހަށިގަނޑަށް ސެރޮޓޮނިން ކެމިކަލްގެ ސަބަބުން އަންނަ އިތުރު ބަދަލު ހޯދާނޭ ކަމަށް ދިރާސާ ޓީމުން ވަނީ ބުނެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ