އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/11/2019

އޮކްޓޯބަރުމަހު މަގުމަތީގެ އެކްސިޑެންޓްތަކާއި ގުޅިގެން އޭޑީކޭގެ އީއާރް އިން ހިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް އޭޑީކޭ ހޮސްޕިޓަލުގެ އީއާރުން ވަނީ 505 މީހަކު ފަރުވާ ހޯދާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/11/2019

ADK Hospital Road Safety
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވެ ދިޔަ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު، އޮކްޓޫބަރު މަހު މަގުމަތީގައި ދިމާވާ އެކިއެކި އެކްސިޑެންޓްތަކުގައި އަނިޔާވެ އޭޑީކޭ ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުން ހިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އޭޑީކޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އޮކްޓޫބަރު މަހު މަގުމަތީގެ އެކްސިޑެންޓްތަކުގެ އެކިއެކި ކޭސްތަކުގައި ޖުމްލަ 50 މީހަކު ވަނީ އެ ހޮސްޕިޓަލްގެ އީއާރުން ފަރުވާ ހޯދާފައެވެ. ފާއިތުވި ސެޕްޓެމްބަރު މަހު އޭޑީކޭގެ އީއާރުން ފަރުވާ ހޯދާފައިވަނީ 33 މީހުންނެވެ.

އޭޑީކޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޮކްޓޫބަރުމަހު އެކްސިޑެންޓް ކޭސްތަކުގައި އޭޑީކޭގެ އީއާރުން ފަރުވާ ހޯދާފައިވާ މީހުންގެ ތެރެއިން 76 އިންސައްތަ މީހުން ފަރުވާ ހޯދާފައިވަނީ ކުދިކުދި އަނިޔާ ތަކަށެވެ. މީގެއިތުރުން 16 އިންސައްތަ މީހުން ބޮލުގެ އެކި ޒަޙަމްތަކަށް ފަރުވާ ހޯދާފައިވާއިރު، 8 އިންސައްތަ މީހުންވަނީ ކަށިގަނޑަށް އަދި މަސްގަނޑަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދާފަ އެވެ.

މީގެއިތުރުން އޭޑީކޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވި 2018 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އައިއިރު މަގުމަތީގެ އެކްސިޑެންޓްތަކުގައި އެ ހޮސްޕިޓަލުގެ އީއާރުން ފަރުވާ ހޯދާފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2018 ވަނަ އަހަރު 294 މީހަކު އޭޑީކޭގެ އީއާރުން ފަރުވާ ހޯދާފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ ހޮސްޕިޓަލުން ވަނީ 505 މީހަކު ފަރުވާ ހޯދާފައެވެ.

މިއަހަރު މަގުމަތީގެ އެކްސިޑެންޓްތަކުގައި އޭޑީކޭގެ އީއާރުން އެންމެ ގިނަމީހުން ފަރުވާ ހޯދާފައިވަނީ އޭޕްރިލް މަހުގައެވެ. އޭޕްރިލްމަހު އޭޑީކޭގެ އީއަރުންވަނީ 73 މީހަކު ފަރުވާ ހޯދާފައެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވުމާއެކު، އޭޑީކޭ ހޮސްޕިޓަލުންވަނީ މަގުމަތީގެ ރައްކާތެރިކަމަށް އަދިވެސް ބޮޑަށް ސަމާލުވުމަށް އާއްމުންގެ ކިބައިން އެދިފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ