އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 02/10/2019

އާދިރާސާއަކުން ބުނާގޮތުގައި ރަތް ކުލަގަދަ މަސް ކެއުމުން ސިއްހަތަށް ގެއްލުމެއް ނެތް؟

މިދިރާސާއަކީ އެތަކެއް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދިރާސާއެކެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 02/10/2019

Research Red Meat
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޒަމާނުއްސުރެ އިވެމުން އަންނަ ބުނުމެއް ކަމަށްވާ "ރަތްކުލަގަދަ މަސް ކެއުން ރަނގަޅެއް ނޫން" ދޮގުކުރެވިގެން ދާފަދަ ދިރާސާއެއް ޝާޢިއު ކޮށްފިއެވެ. 

ކާއެއްޗިހީގެ މިބާވަތަކީ ދިނުޔޭގެ ސިއްހަތު ޖަމިއްޔާއިން ކެންސަރ ބައްޔަށް މަގުފަހިކޮށްދޭ ކަމަށް ބުނެފައިވާ ބާވަތެކެވެ. ނަމަވެސް 14 މެމްބަރުންގެ ޓީމަކާއެކު ކެނެޑާގެ ޑަލްހައުސީ ޔުނިވާރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ބްރޭޑްލީ ޖޯންސްޓަންގެ ހޯދުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ސިއްހީ އިދާރާތައްވަނީ ހޫނު ބަހުސަކަށް ގޮއްސައެވެ. 

ބްރޭޑްލީ ޖޯންސްޓަން ވިދާޅުވާ ގޮތުންނަމަ ރަތް ކުލައިގެ މަސް ނުވަތަ ލޭގިނަ މަސް ކާން ބޭނުން ވާ މީހުން ސިއްހީ ސަބަބުތަކަށްޓަކައި ހުއްޓުމުގެ ބޭނުމެއްނެތެވެ. "ދިރާސާގެ ހޯދުންތަކަށް ބަލާފައި، ލޭގިނަމަސް ނުވަތަ ޕްރޮސެސް ކުރެވިފައިވާ މަސްކެއުމުގެ ސަބަބުން ކެންސަރ، ޑައަބެޓިކްސް ނުވަތަ ހިތުގެ ބަލިތަށް ޖެހެން މަގުފަހިވެއެކޭ ސީދާ ބުނެވޭކަށްނެތެވެ." އޭނާ ވިދާޅުވެފައިވެއެވެ.

މި ޓީމަށްވަނީ ސިއްހީ ރިސާރޗަރުންގެ ފަރާތުން ފާޑުކިއުން އަމާޒުވެފައެވެ. އެމެރިކަން ހާރޓް އެސޯސިއޭޝަން، ދަ އެމެރިކަން ކެންސަރ ސޮސައިޓީ، ދަ ހާރވާރޑް ޓީ.އެޗް. ޗާން ސްކޫލް އޮފް ޕަބްލިކް ހެލްތް އަދި އިތުރު އެތައް ބައެއް ވަނީ މި ދިރާސާގެ މެމްބަރުންނާއި ދިރާސާއަށް ވަރަށް ހަރުކަށި ފާޑުކިޔުންތަކެއް ރައްދުކޮށްފައެވެ. 

މިފަދަ ފާޑުކިޔުންތަކެއް މި ޖަމިއްޔާތަކުން މިފަދަ ދިރާސާއަކަށް ދިނުމަކީ ގަބޫލުކުރަން ދަތިކަމެއް ނޫނެވެ. ސަބަބަކީ މި ހޯދުންތަކުން ޑައެޓަރީ ބޭނުންތަކާމެދު މީހުންގެ ވިސްނުން އޮންނަ ގޮތް ބަދަލުވެ، މި ޖަމައްޔާތަކާއި އާންމުންނާއި ދެމެދު އޮންނަ އިތުބާރު ގެއްލޭތީވެއެވެ.

މިއީ ވަރަށްވެސް ވަރުގަދަ ބަޔާނަކަށް ވެފައި މި ދިރާސާގެ ހޯދުންތައް ގަބޫލުކުރަން ފަސޭހަވިނަމަވެސް މިއީ އިތުރަށް ދިރާސާ ކުރެވެން ޖެހޭނޭ ކަމެކެވެ. ސަބަބަކީ މި ދިރާސާއާ ޚިލާފުވާ އެތައް ހޯދުންތަކެއް ވާތީއެވެ. ނަމަވެސް މި ދިރާސާގެ ރިސާރޗަރުން ވެސް ބުނަނީ ރަނގަޅު ވާހަކައެކެވެ. ތިމާ ކާންބޭނުންވާ އެއްޗެއް މެދުމިންވަރަކަށް ކެއުމުން ރަނގަޅުވާނެ ކަމެވެ.

ކެއުން ބުއިމުގެ އާދަކާދަތަކާއި އަމިއްލަ ސިއްހަތާއި ދޭތެރޭ ސުވާލެއް އޮތް ނަމަ އެންމެ ރަނގަޅު ގޮތަކީ ޑައެޓިޝަންއަކާއި ނުވަތަ ޑޮކްޓަރަކާއި މަޝްވަރާ ކުރުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ