އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 13/09/2019

މާގިނައިރު ވަންދެން ސްކްރީނަށް ބެލުމަކީ ހަމަ އެހާ ގެއްލުންހުރި ކަމެއް ތަ؟

ރީސާޗަކުން ދައްކާ ގޮތުގައި ސްކްރީން ކުރިމަތީ ވަގުތު ހޭދަކުރުމާއި ނަފްސާނީ ބަލިތައް ޖެހުމާއި .ގުޅުމެއް ނެތެވެ
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 13/09/2019

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

"އަބަދު ފޯނާކުޅެންޔާ ނަފްސާނީ ބައްޔެއް ޖެހިދާނެ" މިއީ އަޅުގަނޑުމެން ހަޔާތުގެ ކޮންމެވެސް ހިސާބަކުން އިވިފައިވާނޭ "ނަސޭހަތެކެވެ". ނަމަވެސް މި ބޯދާބަސް ކޮޅު އިވުން ވަރަށް އަވަހަށް ހުއްޓިދާނެއެވެ. ސަބަބަކީ ފަހުގެ ދިރާސާއަކުން ލިބިގެން ދިޔަ ހީނުކުރާ ކަހަލަ ނަތީޖާއެކެވެ.

ދިރާސާގެ ލިޔުންތެރިޔާ އަދި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސަރ އޮފް ސައިކޮލޮޖިކަލް ސައިންސް ވިދާޅުވާގޮތުގައި "ފޯނާއި ސޯޝަލް މީޑިއާ އަކީ ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް ހެޔޮ ނުވަތަ ނުބައި އެއްޗެއްތޯ ބޮޑެތިމީހުން ކުރަމުން އަންނަ ސުވާލު ހުއްޓޭ ދުވަސް މިއައީއެވެ. ކުރަންވީކަމަކީ އެކުދިންގެ އޮފްލައިން އަދި އޮންލައިން ހަޔާތުގައި އެކުދިންނަށް ސަޕޯރޓްކުރާނެ ގޮތްތައް ހޯދުމެވެ."

10-15 އަހަރާ ދެމެދުގެ 400 ކުދިން އެކި ސުކޫލުތަކުން ހޮވާ އެކުދިންގެ މޮބައިލް ފޯނު 2 ހަފްތާއެއް ވަންދެން ޓްރެކް ކުރެވުނެވެ.

ދިރާސާގެ އަލީގައި މިކުދިންނަށް ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރި އަދަދު ނުވަތަ ވަގުތާ ގުޅުމެއް ވާކަމަކަށް ނުފެނުނެވެ.

އެއާއި ޚިލާފަށް ކުދިންގެ މެދުގައި މިވަސީލަތް ތަކުން ހެޔޮ ފައިދާއެއް ކުރާކަމަށް ހެކި ފެނުނެވެ. އެގޮތުން މެސެޖް ކުރުން ގިނަ ކުދިން ނާއި މަދު ކުދިން ގެ ތެރެއިން ގިނައިން ކުރާކުއްޖާ އުފާވެރިކަން އިހުސާސް ކުރާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި ދިރާސާއިން ސީދާ ޓެކްނޮލޮޖީގެ ބޭނުން ކުރުމުން ކުދިންގެ ނަފްސާނީ ހާލަތައް ގެއްލުމެއް ނާންނާނެއޭ ބުނެވެން ނެތްނަމަވެސް މިއީ ގިނަ މައިންބަފައިންގެ ސިކުނޑިއަށް ލިބޭނޭ ލުޔެކެވެ. ހަމަގައިމުވެސް ސްކްރީނަށް ދެވިހިފާފައި ހުރެއޭ މިބުނާކުދިންނަށް ލިބޭ ލުޔެކެވެ. މިހެން ވީނަމަވަސް މާ ގިނައިރު މިކަން ކުރާނަމަ އެހެން ގޮތްތަކުން ގެއްލުން ލިބޭކަމީ ކަށަވަރުކަމެކެވެ. މިސާލަކަށް، ޓެބްލެޓް އާއި ފޯނުގެ ސްކްރީން އިން ދޫކުރާ ނޫ އައްޔަކީ ކުޑަކުދިންގެ ލޮލަށް އުނދަގޫކުރާ ބޮލުގައި ރިއްސުމަށް މަގުފަހިވާ އައްޔެކެވެ.

ވީއިރު އެންމެރަނގަޅު ގޮތަކީ މެދުމިނެއްގައި މިކަން ކުރުމެވެ. ކޮންމެ ކަމެއްވެސް މާގިނައިން ކުރަން އުޅެފިއްޔާ ލިބޭނީ ގެއްލުމެވެ. ހުރިހާ ކަމެއް ވެސް ހެޔޮ ވަރަކަށް ސިއްހީގޮތުން ފައިދާ ލިބިލެނިވި ވަރަކަށް ކުރާނަމަ އެހެރީ ރަނގަޅަށެވެ. އެއީ ޓެކްނޮލޮޖީގެ ކުރިއެރުންތައް ކަމުގައި ވީނަމަވެސްމެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ޖަނޫ
06/10/2019 11:05
2 ހަފްތާއިން ނަފްސާނީގޮތުން އަންނަ ބަދަލުތައް ފާހަގަ ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ...
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ