އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/10/2020

މާބަނޑުއިރު ކެފެއިން އެކުލެވޭ އެއްޗިހި ބޭނުންކުރުމުން ކުއްޖާއަށް ނޭދެވޭ އަސަރު ކުރޭ

މާބަނޑު ދުވަސްވަރު ކެފެއިން ބޭނުންކުރާނަމަ ދުވާލެއްގެ މައްޗަށް ބޭނުންކުރެވޭނީ ގިނަވެގެން 200-300 މިލިގްރާމް - ދިރާސާ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/10/2020

Research Dr Mohamed Ali Pregnancy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާބަނޑު ދުވަސްވަރަކީ އާންމުގޮތެއްގައި ކެއުން ބުއިމަށް ގިނަ ބަދަލުތަކެެއް އަންނަ ދުވަސްވަރެކެވެ. އެގޮތުން މާބަނޑު ދުވަސްވަރު ހާއްސަކޮށް ވަކި ބާވަތެއްގެ ކާބޯތަކެތިން ދުރުވުމާއި އަދި ވަކި ވައްތަރެއް ކެއުމުގައި ގިނައިން ހިމެނުމަށް ގިނަ ޑޮކްޓަރުން އިރުޝާދު ދެއެވެ. 

މާބަނޑު ދުވަސްވަރު ދުރުވާންޖެހޭ އެއް ބާވަތަކީ ކެފެއިން ހިމެނޭ ކާބޯތަކެެއްޗެވެ. މީގެތެރެއިން ވެސް ގިނަ އަދަދަކަށް ކެފެއިން ހިމެނޭ ބުއިންތަކެވެ.

އެގޮތުން އައިޖީއެމްއެޗްގައި ބައްލަވާ ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ‏މާބަނޑުއިރު  ކެފެއިން އެކުލެވޭ  އެއްޗިހި ބޭނުންކުރުމުގެ ސަބަބުން  ބައިގެންދިއުމާ، ދުވަސްނުފުރާ ވިހެއުމާއި ކުއްޖާގެބަރުދަން ލުއިވުމުގެ ފުރުސަތުއޮވެ އެވެ. 

ޑރ. މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ކެފެއިންގެ ސަބަބުން މާބަނޑުދުވަސްވަރު ނޭދެވޭ އަސަރުކުރާކަމަށް ހެކި ލިބޭ ބައެއް ދިރާސާތަކުގެ މައުލޫމާތުވެސް ހިއްސާ ކުރައްވާފަ އެވެ. މި ދިރާސާގައި ވާގޮތުން ކެފެއިންގެ ސަބަބުން މާބަނޑުއިރު ކުއްޖާ ބައިގެން ދިއުން ފަދަ ކަންކަން ފަސޭހައިން ކުރިމަތި ވެއެވެ. 

އަދި މާބަނޑު ދުވަސްވަރު ކެފެއިން ބޭނުންކުރާނަމަ ދުވާލެއްގެ މައްޗަށް ބޭނުންކުރެވޭނީ ގިނަވެގެން 200-300 މިލިގްރާމްކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި އަހަރެމެން އާންމު ބުއިންތަކުގެ ތެރޭގައި ބޭނުންކުރާ ކޮފީ، ކަޅުސައި، ގުރީންޓީ އަދި އެނާރޖީ ޑުރިންކްސް ތަކުގައި ކެފެއިން ހިމެނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ