އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/12/2020

ބަނޑުހަރުވުމުން ދުރުވުމަށް އަމިއްލައަށް ކުރަންވީ ކޮންކަމެއް؟

އައިޖީއެމްއެޗްގެ ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވަނީ ބަނޑުހަރުވުމުން ދުރުވުމަަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/12/2020

Dr Mohamed Ali
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބަނޑުހަރުވުން ނުވަތަ ކޮންސްޓިޕޭޝަން އަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކުރިމަތިވާ ކަމެކެވެ. ބަނޑުހަރުވުމަށް ދިމާވާ ސީދާ ސަބަބެއް ނެތް ނަމަވެސް ބައެއް ހާލަތްތަކުގައި ނުގުޅޭ އެއްޗެއް ކެވުމުން ނުވަތަ ކެއުމަށް ގެންނަ ބަދަލަކުން ވެސް މިކަން ދިމާވެއެވެ.

މިގޮތަށް ބަނޑުހަރުވެ ގިނަ ދުވަސްވަންދެން ފާހަނާ ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް މީހުންނަށް ގޭސްޓްރިކް، ބަނޑުގައި ރިހުން، އަދި ފާހަނާ ކުރާއިރު ބޮޑުކަމުދާ ތަކެއްޗާއެކު ލޭ އައުމަށް މަގު ފަހިވެއެވެ. 

މާގިނައިން ބަނޑުހަރުވާނަމަ ފުރަގަސް ފަރާތުގެ ޓިޝޫ އަދި ލޭ ހޮޅިތައް ދުޅަވެ ލޭ ފޭބުން (ޕައިލްސް) ކުރިމަތިވުމަށް މެދުވެރި ވެއެވެ.

ބަނޑުހަރުވުމަކީ ޑޮކްޓަރީ ބޭހާއި ނުލައި، އަމިއްލައަށް ކޮށްލާ ކުޑަކުޑަ މަސައްކަތަކުން ވެސް ރަނގަޅު ކުރެވިދާނެ ކަމެކެވެ. އެގޮތުން އައިޖީއެމްއެޗްގެ ފިޒިޝަނެއް ކަމަށްވާ ޑރ. މުހައްމަދު އަލީ ވަނީ ބަނޑުހަރުވުމުން ދުރުވުމަަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކުރައްވާފަ އެވެ.

1. ފައިބާރ ގިނައިން ހުންނަ ކާނާބޭނުންކުރުން. މިސާލު: ތަރުކާރީ، މޭވާ، ޕުރޫން  ޖޫސް އަދި ސީރިއަލް

‏2. ގިނައިން ފެންބުއިން

‏3. ބޮޑުކަމުދާން ޖެހުމުން ގިނައިރު ނުހިފައްޓައި ‏އަވަހަށް ފާޙާނާއަށް ދިއުން

‏މި ހުރިހާ ކަމެއް ކުރުމަށްފަހު ވެސް ބަނޑުހަރުވުމަށް ހައްލެއް ނުލިބޭނަމަ ބުއްދިވެރި ގޮތަކީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭސް ބޭނުން ކުރުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ