އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2020

ޕިނަކީ އަނގަޔަށްލާން ހެޔޮވާވަރުގެ އެއްޗެއް ނޫން

އުމުރުން ފަނަރަ އަހަރުގެ ކުއްޖެއްގެ ނެވާހޮޅީގައި ތާށިވި ޕިނެއް ނެގުމަށް އައިޖީއެމްއެޗްގައި ރޭ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2020

IGMH Scarf pin Rigid Bronchoscopy Dr Mohamed Ali Dr Mohamed Ismail Dr Moosa Hussain
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއަށް ޒަމާނީ ބުރުގާއާއެކު ތައާރަފްވެގެން އައި ޕިނާއި މެދު ސަމާލުވުމަށް އެތައް ޑޮކްޓަރުންނެއް ދަނީ އިރުޝާދުދެމުންނެވެ. ގޯސްވެގެން މިއުޅެނީ ޕިނެއް ނޫނެވެ. އެޕިން އަނގަޔަށްލާ ފަރާތްތަކެވެ. ޕިން އަނގަޔަށް ލައިގެން އުޅުމުގެތެރޭގައި ނޭވާހޮޅީގައި ތާށިވެދާނެކަމަށް ބުނެ ޑޮކްޓަރުން އިންޒާރުދެމުން ދިޔަ ނަމަވެސް މިފަދަ ކޭސްތައް ދުވަހަކަށްވުރެ ދުވަހެއް މިދަނީ އިތުރުވަމުންނެވެ. ރޭ ވެސް ހިނގާފައިވަނީ ހަމަ މިފަދަ ހާދިސާއެކެވެ.

އުމުރުން ފަނަރަ އަހަރުގެ ކުއްޖެއްގެ ނެވާހޮޅީގައި ތާށިވި ޕިނެއް ނެގުމަށް އައިޖީއެމްއެޗްގައި ރޭ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި އޮޕަރޭޝަނަށްފަހު، އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ތިން ޑޮކްޓަރުންވަނީ މިކަކުމުގެ ނުރައްކާއާއި ބެހޭގޮތުން ޓްވިޓާ މެދުވެރިކޮށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މި އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ އެތެރެހަށީގެ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ އާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. މުހައްމަދު އިސްމާއިލްގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ. މޫސާ ހުސެއިނެވެ.

އާއްމުންނާއި ހިއްސާކޮށްފައިވާ މި ވީޑިޔޯ މެސެޖުގައި ޑރ. މޫސާ ވިދާޅުވީ މިފަދަ ކޭސްތަކުގައި ޕިންފުއްޕާމެއިން ނަގަންޖެހެނީ ރިޖިޑް ބްރޮންކޯސްކޯޕީ ބޭނުންކޮށްގެން ކަމަށެވެ. އެއީ ދަގަނޑު ހޮޅިއެއް ގޮތަށް އިންނަ އެއްޗެއް ނޭވާހޮޅީގެތެރެއަށް ލައްވައިގެން ޕިންނެގުމެވެ. 

އަދި މިގޮތަށް ޕިންނަގަން އުޅުމުގެތެރޭގައި ލޭ އައިސް، ފުއްޕާމޭ ފަޅައިގެންދިއުން ފަދަ ނުރައްކާތެރި ހާދިސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި ހުރިކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިކަހަލަ ކޮމްޕްލިކޭޝަން އެއް ނެތި އަޅުގަނޑުމެންނަށް ޕިން ނެގުނު ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެއް" ޑރ. ވިދާޅުވިއެވެ.

ޑޮކްޓަރ ވިދާޅުވީ ގިނަފަހަރަށް ދިރުވާލެވޭ ޕިން، ކަނާތް ފަރާތު ނުވަތަ ވައަތް ފަރާތު ފުއްޕާމެއަށް ގޮސްފިކަމަށް ވާނަމަ، ރިޖިޑް އެންޑޮސްކޯޕީ އެ ހިސާބަށް ނުފޯރާނެ ކަމަށެވެ. ދެން އެ ހިސާބުން ޕިން ނަގަން ޖެހޭނީ ފްލެކްސިބަލް ސްކޯޕެއް ލައްވައިގެން ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެއީ ނުރައްކާތެރި އަދި އެހާމެ ގިނަ ވަގުތު ނަގާ ކަމެއްގެ ގޮތުގައި ޑޮކްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސް އަކީ އެއްވެސް ކަމަކަށް، އެއްވެސް ހާލެއްގައި ބުރުގާޕިން އެއްވިޔަސް، އަދި އެހެންކަހަލަ އެއްޗެއް ވިޔަސް އަނގަޔަށް ލައިގެން ވާހަކަދައްކާ ނުވަތަ ކެއްސާ ނުވަތަ މިކަހަލަ ކަމެއް ދިމާވެދާނެ ކަމަށް ބަލާފައި އެއްވެސް ހާލަތެއްގައި ހާއްސަކޮށް ބުރުގާޕިން އަނގަޔަށް ލައިގެން ނޫޅުން" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ފަހަކަށް އައިސް މިފަދަ އޮޕަރޭޝަންތައް ކުރަންޖެހޭ މިންވަރުވަނީ އިތުރުވެފަ އެވެ. އަދި ބުރުގާ ޕިން ނަގަނީ ހޭނައްތާލައިގެންކަމުން މިއީ އުނދަގޫ އަދި އެހާމެ ނުރައްކާތެރި ޕްރޮސީޖާއަކަށް ވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ