އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/12/2020

މާބަނޑު ދުވަސްވަރު ނޭވާ ކުރުވުން، ކަންބޮޑުވާންވީ ކަމެއްތަ؟

އާންމު ގޮތެއްގައި ގިނަ މީހުން މިކަން ތަހައްމަލް ކުރަނީ ދެވަނަ ޓްރިމެސްޓަރ ގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/12/2020

Pregnancy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާބަނޑު ދުވަސްވަރު ނޭވާ ކުރުވުމަކީ ވަރަށް ގިނަ އަންހެނުން ތަހައްމަލްކުރާ ކަމެކެވެ. މީގެ ސަބަބުން އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަމަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ވެސް ގިނަ މީހުން ބުނެއެވެ.

އެހެންނަމަވެސް، ގިނަ ޑޮކްޓަރުންގެ ނަޒަރުގައި މާބަނޑު ދުވަސްވަރު ނޭވާ ކުރުވުމަކީ އާންމު ކަމެކެވެ. އަދި މިހެން ދިމާވުމަށް މެދުވެރިވަނީ އެ ދުވަސްވަރު އަންހެން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ނޭވާ ކުރުވުން ފެށެނީ މާބަނޑު ދުވަސްވަރުގެ ކިހާ ހިސާބަކުން؟

އާންމު ގޮތެއްގައި ގިނަ މީހުން މިކަން ތަހައްމަލް ކުރަނީ ދެވަނަ ޓްރިމެސްޓަރ ގަ އެވެ. އަދި ތިންވަނަ ޓްރިމެސްޓަރ ގައި ދަރިފުޅު ހެދި ބޮޑުވާވަރު އިތުރުވުމުގެ ސަބަބުން މި އުނދަގޫ ތަންކޮޅެއް ބޮޑުވެއެވެ.

ނޭވާ ކުރުވާން ދިމާވަނީ ކީއްވެ؟

ބަނޑުގައި އުފެދެމުންދާ ދަރިފުޅަށް މާބަނޑު ދުވަސްވަރު ގިނައިން އޮކްސިޖަން ބޭނުންވާނެ އެވެ. އެހެން ކަމުން މިދުވަސްވަރު އުފެދޭ ހޯމޯންސްތަކުގެ އަސަރު ސިކުނޑިއަށް ފޯރުމުންވެސް ނޭވާކުރުވުމަށް މެދުވެރި ވެއެވެ. 

ހަމައެހެންމެ ވިހެެއުމަށް ގާތްވާވަރަކަށް ޔުޓެރަސް ބޮޑުވުމަކީ ވެސް ފުންޕާމެއަށް ކުރިން ލިބޭ ވަރަށް އޮކްސިޖަން ނުލިބޭނެ ސަބަބެކެވެ. އެހެންނަމަވެސް ހަށިގަނޑަށް ގެއްލުން ލިބޭ ވަރަށް އޮކްސިޖަން މަދެއް ނުވާނެ އެވެ.

ނޭވާ ކުރުވުން ކުޑަކުރުމަށް ކުރަންވީ ކޮންކަމެއް؟

އިށީންދެ އިންނަ އިރު ހަށިގަނޑު ތެދުކޮށްގެން އިނުން. މިހެން އިނުމުގެ ސަބަބުން ފުއްޕާމޭގައި އޮކްސިޖަން އަށް އިތުރު ޖާގަ ލިބޭނެ.

ނިދާއިރު ވާތް ފަޅިއަށް އޮވެގެން ނިދުން

ލުއި ކަސްރަތުތައް ކުރުން

ހާސްނުވެ، އަބަދުވެސް ހަމަޖެހިލައިގެން ހުރުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ