އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 17/10/2020

މާބަނޑު ދުވަސްވަރު ބުރަކަށީގައި ރިއްސަނީ ކީއްވެ އަދި ހައްލަކީ ކޮބާ؟

މާބަނޑުވާ ފުރަތަމަ ދުވަސްވަރު (ފުރަތަމަ ތިން މަސް) ތެރޭގައި މިހެން ރިއްސުމަކީ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދޭކަމެކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 17/10/2020

Pregnancy Back pain
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާބނޑު ދުވަސްވަރަކީ އަންހެން މީހާގެ ހަށިގަނޑަށް ގިނަ ގުނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ބައެއް މީހުންނަށް މި ދުވަސްވަރު ތަންކޮޅެއް ފަސޭހައިން ކަޑައްތުކުރެވުނަސް ގިނަ މީހުންނަކީ މާބަނޑު ދުވަސްވަރު އެކި ކަހަލަ ވޭންތައް ތަހައްމަލްކުރާ މީހުންނެވެ. 

މީގެތެރެއިން ވެސް އެއްކަމެއްގެ ގޮތުގައި ގިނަ އަންހެނުން ފާހަގަކުރަނީ ބުރަކަށީގައި ރިހުމެވެ. ވިހާ ދުވަސް ގާތްވާއިރު ބަނޑުބޮޑުވުމުގެ ސަބަބުން ބުރައްކައްޓަށް އިތުރަށް ބުރަވެ ރިއްސުމަކީ އާންމު ކަމެކެވެ. ނަމަވެސް މާބަނޑުވާ ފުރަތަމަ ދުވަސްވަރު (ފުރަތަމަ ތިން މަސް) ތެރޭގައި މިހެން ރިއްސުމަކީ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދޭކަމެކެވެ.

އާންމުކޮށް މި ދުވަސްވަރު ބުރަކަށީގައި ރިއްސާ ބައެއް ސަބަބުތައް އެބަހުއްޓެވެ. އަދި ކުޑަ މަސައްކަތަކުން މި ރިހުން ކުޑަވެސް ކޮށްލެވިދާނެ އެވެ. 

1- ހަށިގަނޑުން ހޯމޯންސް ދޫކުރުން

މާބަނޑުދުވަސްވަރު އަންހެން މީހާގެ ހަށިގަނޑުން އެއްފަހަރާ ގިނަ ހޯމޯންސްތަކެެއް ދޫކޮށްލަ އެވެ. މީގެ ބޭނުމަކީ ޕެލްވިސްގައި ހުންނަ ލިގަމެންޓްސް އާއި ޖޮއިންޓްތައް މަޑުކޮށް ދޫކުރުމެވެ. މީގެ ފައިދާ ވިހާ ވަގުތުގައި ކުރާނެ އެވެ. 

އެހެންނަމަވެސް މިގޮތަށް ދޫކޮށްލާ ހޯމޯންސްތައް ހަމައެކަނި ޕެލްވިސްގައި ހުރުމުގެ ބަދަލުގައި މުޅި ހަށިގަނޑަށް ފެތުރެއެވެ. އަދި ހަށިގަނޑުގައި ހުންނަ ހުރިހާ ޖޮއިންޓްސް އަކަށް މީގެ އަސަރުކުރެއެވެ. 

2- ސްޓްރެސް

މާބޮޑަށް ސްޓްރެސް ވުމަކީ ކޮންމެ ހާލަތެއްގައި ވެސް މިފަދަ ރިހުންތައް އިތުރުކުރުވާ ކަމެކެވެ. ސްޓްރެސްގެ ސަބަބުން މަސްތަކުގައި ރިހުން ގަދަވެ، މަސްތަކަށް ވާންވެ އަދި ބައެއް ހިސާބުތަކުން މަސްތައް ދޫވެއެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ހާއްސަކޮށް މާބޮޑަށް ސްޓްރެސް ވުމުގެ ފުރުސަތު އޮވެއެވެ.

3- ބަރުދަން އިތުރުވުން

މާބަނޑުދުވަސްވަރު ބަރުދަން އިތުރުވާ ވަރަކަށް ބުރަކައްޓަށް ކުރާ ޕްރެޝަރު ވެސް އިތުރު ވެއެވެ. މި ފަދަ ހާލަތްތަކުގައި ހަމަނުޖެހޭ ގޮތްގޮތަށް އިށީންދެ އަދި އޮށޯތުމުން ރިހުން އިތުރަށް ގަދަވުމަށް މެދުވެރިވެއެވެ. 

އާންމުގޮތެއްގައި ހަށިގަނޑުން ބަރުމީހުން މާބަނޑުވުމުގެ ކުރިންވެސް މި ރިހުން ތަހައްމަލްކުރެ އެވެ. އަދި މާބނޑުވުމުން މި ރިހުން އިތުރުވެ އެވެ. 

މާބަނޑުދުވަސްވަރު މި ގޮތަށް ބުރަކަށީގައި ރިއްސާނަމަ ބޭހަކާއި ނުލައި އަމިއްލައަށްވެސް ކުރެވިދާނެ ފަރުވާތައް ހުރެއެވެ. ނަމަވެސް ރިހުން މާބޮޑަށް ގަދަވާނަމަ ބުއްދިވެރި ގޮތަކީ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. 

އަމިއްލައަށް ކުރެވޭނެ ފަރުވާތަކުގެ ތެރޭގައި ހިމެނެނީ:

• ކޮޅަށްހުރެ، އިށީންދެ އޮށޯވެ ހަދާއިރު، ހަށިގަނޑަށް ރަނގަޅުގޮތެއް އިހްތިޔާރުކުރުން. އެގޮތުން ކޮޅަށް ހުންނައިރު ގުދުބޭރަށް ލުމުގެ ބަދަލުގައި މޭމަތި ކުޑަކޮށް ބޭރަށް ނުކުންނަގޮތަށް ކޮނޑާއި ބުރަކައްޓަށް ބުރަނުވާގޮތަށް ހުރުން.

• ގިނައިރު ކޮޅަށް ނުހުރުން

• ބިންމަތިން އެއްޗެއް ނަގަން ބޭނުންވާނަމަ ގުދުވުމުގެ ބަދަލުގައި، އިށިންނަ ގޮތަށް ކުޑަކޮށް ތިރިވެލާފައި ނެގުން.

• ބަރު އެއްޗެހި އުފުލުމުން ދުރުވުން

• ނިދާ ވަގުތު ފައިދޭތެރެއަށް ބާލީހެއް ލައިގެން އަރިއަކަށް އޮވެ ނިދުން

• މާބނޑުދުވަސްވަރު ކުރުން ރައްކާތެރި ކަސްރަތު ޑޮކްޓަރެއްގެ އިރުޝާދާއެކު ކުރުން

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ