އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/05/2020

ކޯވިޑް-19 އާއި ގުޅިގެން މާބަނޑު ދުވަސްވަރު އެނގުން މުހިންމު ކަންތައް

މާބަނޑު މީހަކަށް ކޯވިޑް-19 ޖެހިއްޖެނަމަ އެއް ފަހަރާ ބަލީގެ ނުރައްކަލަށް ދެމީހުން ހުށަހެޅިގެން ދެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/05/2020

HPA Coronavirus COVID-19 Pregnancy
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މި ވައިރަހާއި ގުޅޭގޮތުން ވީހާވެސް ގިނަ މައުލޫމާތު ތަކެއް އެނގިފައި ތިބުމަކީ މުހިއްމު ކަމެކެވެ. ހާއްސަކޮށް މާބަނޑު މީހުންނެވެ.

މާބަނޑު މީހަކަށް ކޯވިޑް-19 ޖެހިއްޖެނަމަ އެއް ފަހަރާ ބަލީގެ ނުރައްކަލަށް ދެމީހުން ހުށަހެޅިގެން ދެއެވެ. އަދި މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް ނަމަވެސް، އާއްމުކޮށް މާބަނޑު ދިމާވާ ކަންކަމާއި ހިލާފަށް ބައެއް ކަންކަން ކޯވިޑް-19ގެ ސަބަބުން ކުރިމަތި ކުރިމަތިވުމަކީވެސް ވެދާނޭ ގޮތެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި އާއްމުގޮތެއްގައި މާބަނޑު މީހަކަށް ކޯވިޑް-19ގެ ސަބަބުން ދިމާވެދާނޭ ބައެއް ކަންކަމަކީ:

  • ހިތުގެ ނުވަތަ ފުއްޕާމޭގެ ބަލި ހުންނަ މީހަކަށް ކޯވިޑް-19 ޖެހުމުން ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުވުން
  • ގިނަ މާބަނޑުމީހުންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނުން

މާބަނޑު އަންހެނުންގެ ދިފާއީ ނިޒާމު އާންމު މީހުންނަށްވުރެ ބަލިކަށިވާނެއެވެ. ނަތީޖާއެއްގެ ގޮތުން މަބަނޑު މީހުންނަށް ތަފާތު އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު އޮވެއެވެ.

އެހެންނަމަވެސް ބަލީގެ ސަބަބުން މާބަނޑު މީހުންނަށް އިތުރުނޭދެވޭ ސިއްހީ ނުރައްކަލެއް ކުރިމަތިވާކަމެއް އެނގޭކަށް ނެތެއެވެ. އަދި އެޗްޕީއޭގެ ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ކޯވިޑް-19 ޖެހިގެން އެއްވެސް މާބަނޑު އަންހެނަކު މަރުވެފައެއް ވެސް ނުވެއެވެ.

މާބަނޑު ދުވަސްވަރު ވެސް ބައްޔަށް ޝައްކުވެ އެކަހެރިކުރެވޭ މީހުން އެހެންމީހުންނެކޭ އެއްގޮތަށް 14 ދުވަސްވަންދެން ބޭރަށް ނިކުމެ އުޅުމާއި އެހެންމީހުންނާއި ގާތްވެ އުޅުން ރަނގަޅެއް ނޫނެވެ.

އަދި މާބަނޑު ދުވަސްވަރު ބައްޔަށް ޝައްކުވެ އެކަހެރިކޮށްފައިވާނަމަ، އެކަހެރިވާ ހިސާބުން ގަވާއިދުން ދައްކާ ޑޮކްޓަރުގެ ލަފާ ހޯދަން ވާނެއެވެ. އަދި ކަންދިމާކުރާ ގޮތުން ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ފަސްކޮށްލަން ޖެހުމަކީވެސް ކުރަން ޖެހިދާނޭ ކަމެކެވެ. އަދި ދައްކަން ދާނަމަ އާންމުކޮށް މީހުން ނުދާ ކްލިނިކް އަކަށް ޑޮކްޓަރަށް ދައްކަން ދެވިދާނެއެވެ.

ބަލިން ރަނގަޅުވުމަށްފަހު މާބަނޑު މީހާ އާމެދު އަމަލު ކުރެވޭނީ ކިހިނެތް؟

މާބނަޑު މީހަކަށް ކޯވިޑް-19 ޖެހި ބަލިން ރަނގަޅުވާތާ ދެ ހަފްތާ ފަހުން ދަރިފުޅުގެ ހާލަތު ދެނެގަތުމަށް ސްކޭނެއް ކުރާނެއެވެ. އަދި ދިރާސާތަކާއި އެންމެފަހުގެ މައުލޫމާތުތަކަށް ބިނާކޮށް ކަންކުރެވޭނެގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންނަމަވެސް ކޯވިޑް-19އަށް ނައްސިވިކަން ޓެސްޓުތަކުން ދައްކާނަމަ މާބަނޑުމީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންދާނީ އާންމު އެހެން މީހުންނާއި އެއްގޮތަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ