އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 01/03/2020

ކޮވިޑް-19ގެ ނުތަނަވަސްކަމުގައި ފްލޫމަތިން ހަނދާންނައްތާނުލައި – ޑރ. ނިޔާފް

ފްލޫއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ ދުރާލާ ފްލޫ ވެކްސިން ޖެހުމެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 01/03/2020

Influenza Flu Dr Abdulla Niyaf
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހާއި ގުޅިގެން ފްލޫ މަތިން ހަންދާންނައްތާނުލުމަށް ޑރ. އަބްދުﷲ ނިޔާފް އިލްތިމާސްކޮށްފި އެވެ.

ޗައިނާއިން އުފަންވެފައިވާ ކޮރޯނާވައިރަސް މިހާރު ވަނީ ޔޫރަޕް އަދި މެދު އިރުމައްޗަށް މިސްރާބުޖަހާފަ އެވެ. އަދި އޭގެއިތުރުން މިދުވަސްވަރަކީ އެމެރިކާގައި ފްލޫ ފެތުރެންފަށާފައިވާ ދުވަސްވަރެއްކަން ވެސް ޑރ. ނިޔާފްވަނީ ފާހަގަކުރައްވާފަ އެވެ. 

ފްލޫއަކީ އިންފްލުއެންޒާ ވައިރަސްގެ ސަބަބުން އިންސާނާގެ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބައެއް ހާލަތްތަކުގައި ނޭފަތް ކަރު އަދި ބައެއްފަހަރު ފުއްޕާމޭގައި އިންފެކްޝަންސް އުފެދެން މެދުވެރި ވެއެވެ. 

ފްލޫގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހުންއައުން
  • ގައިގެ މަސްތަކުގައި އަދި ހުޅުތަކުގައި ގަދަޔަށް ރިހުން
  • ވަރުދެރަވުން
  • ގައިގެ ހަންގަނޑު ރަތްވުން އަދި ލޮލުން ފެންއައުން
  • ހީކެރުވުން
  • ބޮލުގައި ރިއްސުން
  • ހިކިކޮށް ކެއްސުން
  • ކަރުގައި ރިއްސުން އަދި ނޭފަތުން ފެންއައުން

ފްލޫއިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމުކަމަކީ ދުރާލާ ފްލޫ ވެކްސިން ޖެހުމެވެ. އަދި މި ވެކްސިން ރާއްޖެއިންވެސް ލިބެންހުރި ކަމަށް ޑރ. ނިޔާފް ވަނީ ވިދާޅުވެފަ އެވެ.

ޑޮކްޓަރ ނިޔާފްގެ ޓްވީޓްގައި ވާގޮތުން ފްލޫ ސީޒަންގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް/މެއި އަދި އޮގަސްޓް ހިސާބެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ