އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/06/2020

ސަމާލުވޭ! އަބަދު އަތަށް އަންގި ލައްވައިގެން އުޅޭނަމަ ވައިރަސް ފެތުރޭނެ

އެއްވެސް ހާލެއްގައި ހަމައެކަނި އަންގި ލެއްވުމަކުން އެމީހަކު ވައިރަހުން ރައްކާތެރިވެވުނީ އެއް ނޫނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/06/2020

Coronavirus Dr Abdulla Niyaf COVID-19 Hand Hygiene
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ޕެންޑަމިކްގައި އަހަރެމެންނަށް އެންމެ ބޮޑަށް ދަސްވި އެއްކަމަކީ ސާފުތާހިރުކަމެވެ. ސާފުތާހިރުވުމުގެ ގޮތުން އެންމެ ފަސޭހައިން ކުރެވޭ އެހެންނަމަވެސް އެންމެ ފަރުވާކުޑަކުރެވޭ ކަންކަން ކޮވިޑް-19ގެ ސަބަބުން މިވަނީ ދަސްވެފަ އެވެ.

އޭގެތެރޭގައި އެންމެ މުހިއްމު ކަމެއްގެ ގޮތުން ސިއްހީ މާހިރުން އިރުޝާދުދެމުން ގެންދިޔައީ ދެއަތްތިލަ ސާފުކޮށް ބެހެއްޓުމާއެކު ނޭފަތް އަނގަ އަދި ލޮލުގައި އަތްނުލުމަށެވެ. މި އާދަ ދެމެހެއްޓުމަށްޓަކައި އެކި މީހުން ގެންދަނީ އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. އަތްތިލަ 20 ސިކުންތު ވަންދެން ދޮވުމާއި ދެއަތްތިލަ ސެނެޓައިޒް ކުރުމުގެ އިތުރުން ބައެއް މީހުން ބޭރަށް ނުކުމެ ހަދާއިރު އަންގި ބޭނުންކުރާތަން ވެސް އެބަފެނެއެވެ.

މި ހުރިހާ އުކުޅެއްގެ ތެރެއިންވެސް އެންމެ ރައްކާތެރިކަން ކުޑައީ އަންގި ބޭނުންކުރުމެވެ. އަންގި ބޭނުންކުރުމާއި ގުޅޭގޮތުން އޭޑީކޭގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އަތަށް ލައްވާ އަންގިއަކީ ހަށިގަނޑުގެ ދެވަނަ ހަންގަޑެއް ފަދަ އެއްޗެއް ކަމަށެވެ.

އަންގިއަކީ އޭގެ އަމިއްލަ ޒާތުގައި ސާފުކޮށްދޭނެ އެއްޗެއް ނޫނެވެ. ހަމައެހެންމެ އަންގި އަކީ ފަސޭހައިން ޖަރާސީމު އަށަގަންނަ އެއްޗެއްކަމުން، ރައްކާތެރި ގޮތުގައި އަންގި ބޭނުން ނުކުރެވިއްޖެ ނަމަ  އޭގެ ޒަރިއްޔާއިން އެހެންމީހުންގެ ގަޔަށާއި އަދި ލައިގެން ހުންނަ އަންނައުނު ފަދަ ތަކެތީގައިވެސް ޖަރާސީމު އަށަގަންނަ ގޮތްވެއެވެ. މިއީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ.

ޑރ. ނިޔާފް ވިދާޅުވިގޮތުގައި އަންގި ލެއްވުމަކީ އަތްތިލަ ސާފުކޮށް ބެހެއްޓުމަށް ލިބޭ އުޒުރެއް ނޫނެވެ. އަންގި ލެއްވި ނަމަވެސް އެމީހެއްގެ އަތްތިލަ ސާފުކޮށް ބަހައްޓަން ޖެހޭނެ އެވެ. ސަބަބަކީ އަންގީގެ ބޭނުމަކީ ހަމައެކަނި އަތުގެ ހަންގަނޑުގައި ޖަރާސީމު އަށަގަތުމުން ރައްކާތެރިކޮށްދިނުމެވެ.

ބައެއް މީހުންގެ ނަޒަރުގައި އަންގިއަކީ ވައިރަހުން ރައްކާތެރިކޮށްދޭ ވަސީލަތެކެވެ. އެހެންނަމަވެސް ހަގީގަތަކީ އަންގީގެ ހަގީގީ ބޭނުމަކީ އަތުގައި ޖަރާސީމު އަށަގަތުން ހުއްޓުވުމެވެ. އެއްވެސް ހާލެއްގައި އަންގި ލެއްވުމަކުން އެމީހަކު ވައިރަހުން ރައްކާތެރިވެވުނީ އެއް ނޫނެވެ. އެހެންނަމަވެސް އަންގި ލެއްވުމަށްފަހު އަވަހަށް އަންގި ބަދަލުކުރުން ނުވަތަ އަންގި ސެނެޓައިޒްކުރާނަމަ އޮތް ނުރައްކާ ކުޑަވެދެއެވެ.

އަންގީގެ ގޮތުގައި ސާރޖިކަލް އަންގި، ފޮތި އަންގި އަދި އެހެން ވައްތަރެއްގެ އަންގިއެއް ބޭނުންކުރި ނަމަވެސް ޑރ. ނިޔާފުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިއްމުކަމެކެވެ. ސަބަބަކީ އަންގި ރަނގަޅަށް ސާފުނުކުރެވިއްޖެ ނަމަ ނުވަތަ އަންގި ރަނގަޅުގޮތުގައި ނައްތާނުލެވިއްޖެނަމަ ތިބާ އާއެކު އެތައް ބަޔަކު ވައިރަހުގެ ނުރައްކަލަށް ހުށަހެޅިގެން ދާނެތީއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ