އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/04/2020

އިންފުލުއެންޒާ ވެކްސިން މިހާރު ލިބޭނެ! ޑޮކްޓަރުންގެ އިލްތިމާސް އަކީ އަވަހަށް ޖެހުން

އެސްޓީއޯއިން މިއަދު ވަނީ އިންފުލުއެންޒާ ވެކްސިން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީ އާއި ހެންވޭރާއި ހުޅުމާލޭގައި ހުންނަ ފާމަސީތަކުން ލިބެން ހުންނާނޭކަމަށް ބުނެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/04/2020

Influenza STO Medical Services
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިންފުލުއެންޒާ ވެކްސިން އެސްޓީއޯގެ ފާމަސީތަކުން ލިބެން ހުންނާނޭކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯއިން ބުދަ ދުވަހު ވަނީ އިންފުލުއެންޒާ ވެކްސިން އައިޖީއެމްއެޗްގައި ހުންނަ އެސްޓީއޯ ފާމަސީ އާއި ހެންވޭރާއި ހުޅުމާލޭގައި ހުންނަ ފާމަސީތަކުން ލިބެން ހުންނާނޭކަމަށް ބުނެފައެވެ.

އިންފުލުއެންޒާ ވެކްސިން ލިބެން ހުރިކަން އެސްޓީއޯއިން އިއުލާން ކުރުމާއެކު، ބައެއް ޑޮކްޓަރުން ވަނީ ލަސްނުކޮށް ވެކްސިން ޖެހުމަށް އާއްމުންގެ ކިބައިން އެދިފަ އެވެ.

އެގޮތުން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ 6 މަހުން މަތީގެ އެންމެންނަށް ވެސް ml0.5 ގެ އިންފުލުއެންޒާ ވެކްސިން ޖެހުމަށްޓަކައި، އެކަމަށް އެދޭ ބޭސް ސިޓީއެއް ބޭނުންވާނޭ ކަމަށެވެ. އެގޮތުން ވަކި ހާއްސަ ޑޮކްޓަރެއް ނޫން ނަމަވެސް އެކަމަށް އެދޭ ލިޔުމެއް އޮތްނަމަ ވެކްސިން ދޫކުރާނޭކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިންފުލުއެންޒާ ވެކްސިން ނުޖެހޭނެ ހާލަތްތަކަކީ ގަދަ ހުން ހުރުމާއި، ކުރިން ޖެހި އިންފުލުއެންޒާ ވެކްސިނަށް އެލާޖިކް ވުމެވެ. އަދި ބިހަށް އެލާޖިކް ވިނަމަވެސް އިންފުލުއެންޒާ ވެކްސިން ޖެހޭނެކަމަށް ޑރ ފައިސަލް ވަނީ ވިދާޅުވެފައެވެ. އެކަމަކު އެކަން ޖަހާދޭ މީހުންނަށް އެންގުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސްކޮށްފަ އެވެ.

6 ހަމަހުން މަތީގެ އެންމެންނަށްވެސް އިންފުލުއެންޒާ ވެކްސިން ޖެހޭނެ އެވެ. އަދި އެއަށްފަހު އެއް އަހަރުވުމުން ނުވަތަ އޭގެކުރިން ވެސް ވެކްސިންގެ ދެވަނަ ބެޗް ނުކުތުމުން ވެކްސިން ޖެހޭނެކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޑރ. އަބްދުﷲ ނިޔާފް އަދި ޑރ. މުހައްމަދު އަލީވެސް ވަނީ އިންފްލުއެންޒާ ވެކްސިން 6 މަހުން މަތީގެ މީހުންނަށް ކޮންމެ އަހަރު ޖެހޭނެކަމަށް ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ