އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 02/12/2019

އިންފްލުއެންޒާ ހުން ޖެހިގެން ދިވެއްސަކު ނިޔާވެއްޖެ

އިންފްލުއެންޒާއަކީ އިންސާނާގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 02/12/2019

Influenza
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި މިދުވަސްވަރު ފެތުރޭ އިންފްލުއެންޒާ ހުމުގެ ސަބަބުން ދިވެއްސަކު ނިޔާވެއްޖެއެވެ.

މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. 

މިދިޔަ މަހު އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި މިދުވަސްވަރު އިންފްލުއެންޒާ ފެތުރޭކަމަށްވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު މަހާއި އަޅާކިޔާއިރު ނުވެމްބަރު މަހު އިންފްލުއެންޒާ ޖެހިފައިވާ މީހުން އިތުރުވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިންފްލުއެންޒާއަކީ އިންސާނާގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އެއީ އިންސާނާގެ ނޭފަތް، ކަރު އަދު ފުއްޕާމެއެވެ. ގިނަ މީހުންނަށް އިންފްލުއެންޒާ ބަލި ޖެހުނަސް ހަށިގަނޑުގެ ދިފާއީ ނިޒާމުން އެބަލިން ރައްކާތެރިކޮށްދެއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އިންފްލުއެންޒާގެ ސަބަބުން ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި:

  • 5 އަހަރުން ދަށުގެ ކުޑަކުދިން
  • 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުން
  • މާބަނޑު އަންހެނުން
  • ނޭވާ ހިއްލުން، ހިތުގެ ބަލި، ކިޑްނީގެ ބަލި، ލިވަރ ގެ ބަލި އަދި ހަކުރު ބަލި ފަދަ ބައްޔެއް ޖެހިފައިވާ މީހުން
  • ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުން

އިންފްލުއެންޒާ ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކަރުގައި ރިއްސާ ކެއްސުން، ރޯގާ ޖެހުން، އަދި ބޮލުގައި ރިއްސާ ވަރުބަލިވުން ހިމެނެއެވެ. މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

މީގެ އިތުރުން މިދުވަސްވަރު އެއްވެއުޅުން މަދުކޮށް އަމިއްލަ ސާފުތާހިރުކަން ދެމެހެއްޓުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި އިންފްލުއެންޒާއަށް ޚާއްސަ ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ބާރުއަޅައެވެ.

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ