އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/09/2020

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ފްލޫ ފެތުރުން ރެކޯޑު އަދަދަކަށް ދަށަށް

މިކަމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެދުވަސްވަރު ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ބޮޑެތި އެއްވުންތައް ބަންދުކުރުން- ސީޑީސީ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/09/2020

Flu
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ފްލޫ ފެތުރުން ރެކޯޑު އަދަދަކަށް ދަށަށް ދާނޭކަމަށް އެމެރިކާގައި ހުންނަ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

އެގޮތުން އޮސްޓްރޭލިއާ، ސައުތު އެފްރިކާ އަދި ޗިލީ އިން އާންމު ގޮތެއްގައި ފްލޫ ކޭސްތައް ގިނައިން ފެންނަ މޫސުން ކަމަށްވާ އޭޕްރީލް އާއި ޖުލައި މަހާއި ދެމެދު ފެނިފައިވަނީ އިންފްލުއެންޒާގެ ވަރަށް މަދު ކޭސް ތަކެކެވެ.

މި ތިން ސަރަހައްދު އެއްކޮށްލައިގެން ވެސް ޖުމްލަ ފެނިފައިވަނީ 51 އިންފްލުއެންޒާ ކޭސް އެވެ. މި 51 މީހުން އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ ޓެސްޓުކުރި 83،307 މީހުންގެ ތެރެއިންނެވެ. މިއީ ގާތްގަނޑަކަށް 0.06 އިންސައްތަ އެވެ.

މި ސަރަހައްދު ތަކުން މީގެ ކުރީ އަހަރުތަކުގައި ވަނީ ގާތްގަނޑަކަށް 14 އިންސައްތަ އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

އެމެރިކާގައި މި އަހަރުގެ ފުރަތަމަ ދުވަސްކޮޅު ފްލޫ ކޭސްތައް ގިނަވި ނަމަވެސް، މާޗް މަހުގެ އެއްވަނަ ދުވަހު ނެޝަނަލް އެމަރޖެންސީ އިއުލާން ކުރުމާއެކު، އެޤައުމުން ފެންނަމުންދިޔަ ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން ސީޑީސީއިން އާންމުކުރި ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ފެބްރުއަރީ އިން އެމެރިކާއިން ފްލޫއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 19 އިންސައްތައިގަ ހުރި ނަމަވެސް މާޗް މަހުން ފެށިގެން މެއި މަހާއި ހަމަޔަށް މި އަދަދު 0.3 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އަދި މިކަމުގެ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ އެދުވަސްވަރު ކޮވިޑާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ބޮޑެތި އެއްވުންތައް ބަންދުކުރުން ކަމަށްވެސް ސީޑީސީއިން ބުނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ