އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/12/2019

ރޯގާ އާއި ބޭރަށް ހންގުން އިތުރުވަނީ

އެޗްޕީއޭގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި ރޯގާ އާއި ބޭރަށް ހިންގުން މިދުވަސްވަރު އިތުރުވެއްޖެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/12/2019

HPA Flu Diarrhea
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ރާއްޖޭގައި ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާތީވެ، އާއްމު ސިއްހަތަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އިއްޔެ ކޮށްފައިވާ ޓްވީޓްގައި ވަނީ ރޯގާ އާއި ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް އާއްމުންގެ ކިބައިން އެދިފައެވެ. އެގޮތުން ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގައި އަދި ފާހަނާ ބޭނުންކުރުމަށްފަހު ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.

ބޭރަށް ހިންގާކަމަށް ބެލެވޭނީ 24 ގަޑިއިރު ތެރޭގައި ތިން ފަހަރަށް ވުރެ ގިނައިން ބޮޑުކަމުދެވިއްޖެ ނަމައެވެ. އަދި ބޭރަށް ހިންގާނަމަ ތިބާއާއި އެހެންމީހުންގެ ރައްކާތެރިކަމަށްޓަކައި، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދުމަށްވެސް އެ އެޖެންސީއިން ވަނީ އިރުޝާދު ދީފައެވެ. ހަމައެހެންމެ އޯ.އާރު.އެސް އަދި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން ގޭގައި އަރާމުކުރުމަށްވެސް އެ އެޖެންސީއިން ލަފާދެއެވެ.

އެޗްޕީއޭއިން ވަނީ ގޭގައި ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންކުރުމަށް ފެން ބޭނުން ކުރުމުގެ ކުރިން ރަނގަޅަށް ކެއްކުމަށް ބުނެފައެވެ. އަދި ކާއެއްޗެހީގައި އަބަދުވެސް މަތިޖަހައި ސާފުތަހިރުކަމަށް ސަމާލުވުމަށްވެސް އެ އެޖެންސީއިން އިރުޝާދު ދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ