އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/12/2019

ބޭރަށް ހިންގުން އިތުރުވަމުންދާތީ، ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުމާއި ރޯގާ ވެސް ހަލުވިކަމާއެކު ފެތުރެމުންދެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/12/2019

HPA Flu Diarrhea
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުން އިތުރުވަމުންދާތީވެ، އެކަމަށް އާއްމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުމާއި ރޯގާ ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. އަދި މި ބަލިތަކަށް ފަރުވާ ހޯދުމަށް އަންނަ މީހުންވެސް އިތުރުވެފައިވާކަން ފާހަގަކޮށް، މި ބަލިތަކުން ދުރުވުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އެޗްޕީއޭއިން ވަނީ ބޭރަށް ހިންގުމުން ދުރުވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ އިރުޝާދުވެސް މީސްމީޑިޔާ މެދުވެރިކޮށް އާއްމުންނާއި ހިއްސާކޮށްފައެވެ. އެގޮތުން؛

  • ކުޑަކުދިން ނެޕީ ބަދަލުކުރުމުގެ ފަހުން، ފާހަނާ ބޭނުންކުރުމަށްފަހު އަދި ކާއެއްޗެހީގައި އަތްލުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެއްޗަށް ދިރޭ ސޫފާސުތްޕަށް ނޭރެވޭނެހެން މަތިޖެހުން
  • ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުން
  • ކާބޯތަކެތި ހަލާކު ނުވާނެހެން ރައްކާކުރުން
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
  • ރޯ ތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުން
  • ކެއްކުމަށާއި ބުއިމަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުންކުރުން ނުވަތަ ފެން ކައްކައިގެން ބޭނުންކުރުން ނުވަތަ ކްލޮރިނޭޓެޑް ކޮށްފައިވާ ފެން ނުވަތަ ވޯޓަރ ސަޕްލައި ބޭނުންކުރުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ