އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/02/2020

ހިމަބިހި ވެކްސިން ޖެހުނުކަން ޔަގީން ނޫންނަމަ ރަނގަޅީ އަލުން ވެކްސިން ޖެހުން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ މީސަލްސް ވެކްސިނޭޝަން ޕްރޮގްރާމް އިއުލާނު ކުރައްވާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/02/2020

Ministry of Health Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މީސަލްސް ވެކްސިން ޖެހިފައިވާކަން ޔަގީން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ ވެކްސިން އަލުން ޖެހުން ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކުރިން ވެކްސިން ޖެހުނުކަން ޔަޤީން ނުވާނަމަ އަލުން ވެކްސިން ޖެހިދާނެކަމެވެ. އަދި އިތުރު ޑޯޒެއް ޖެހުމަކުން އެއްވެސް ގެއްލުމެއް ނުވާނެކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މީސަލްސް ވެކްސިނޭޝަން ޕްރޮގްރާމެއް ފަށައިފައިވާކަމަށް އިއުލާނުކޮށްފައެވެ. 

އެގޮތުން 40 އަހަރުން ދަށުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް 3 މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންވެސް ހިމެނެއެވެ. އަދި މާލެ ސަރަހައްދުގައި މަރުކަޒުތަކެއް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"3 މަސްދުވަހުގެ ވެކްސިން ކެމްޕެއިނެއް މުޅިރާއްޖޭގައި ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ހަމަޖެހިފައި. އޭރުން މާލެއާއި އަތޮޅުތެރޭގައި ކަނޑައެޅިފައިވާ އުމުރުފުރާގެ ވެކްސިން ފުރިހަމަނުވާ ހުރިހާ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ، އަދި މީގެ ތެރޭގައި ބިދޭސީން އިސްތިސްނާއެއް ނުވާނެ"

40 އަހަރުން ދަށުގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދު ފަށަނީ (ފޮޓޯ: ހެލްތު މިނިސްޓްރީ) 

މިޕްރޮގްރާމް އާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަދު 2 ޖަހާއިރު ވެކްސިން ދޭން ފެށޭނެ ކަމެވެ.

"މިއަދުގެ 2 އިން ފެށިގެން، މާލެ ސަރަހައްދުގެ 4 ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން 2 ޑޯޒް ފުރިހަމަ ނުކުރާ ފާރާތްތަކަށް ވެކްސިން ދިނުން ފެށޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިސަރަހައްދުތަކަކީ ދަމަނަވެށި، ސޯޝަލް ސެންޓަރ، ވިލިމާލެ ފެރީ ޓަރމިނަލް އަދި ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ހިފައިގެން އަދި ކުޑަކުއްޖެއްނަމަ ވެކްސިން ކާޑް ގެނައުމަށް އިސްކަމެއް ދޭން ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި މިއަހަރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވިފަހުން 7،900 މީހުންނަށް ހިމަބިހި ވެކްސިން ދެވިފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ