އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/02/2020

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ނުވައަކަށް އަރާފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/02/2020

HPA Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. 

އިއްޔެ ހިމަބިއްސަށް އިތުރުމީހަކު ޕޮޒިޓިވްވުމާއެކު، މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ ނުވައަކަށް އަރާފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވާގޮތުގައި ހިމަބިހި ޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމަތު ދިނުމާއި އިތުރަށް ދެނެގަތުމުގެ އިތުރުން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.

ނައްތާލިކަން އިއުލާނުކުރި ފަހުން ރާއްޖެއިން އަލުން ހިމަބިހި ފެނިފައިވާއިރު ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ވެކްސިން ދޭން ފަށައިފަ އެވެ. އަދި ހެލްތް މިނިސްޓްރީން ފާއިތުވި ހަފްތާގެ ތެރޭގައިވަނީ ރާއްޖޭގެ ހުރިޙާ ހިސާބެއްގައި ހިމަބިއްސާއި ދެކޮޅަށް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއްވެސް ފައްޓާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ