އަވަސްއަރުވާލައިގެން ގެއަށް ކާޑާއި ބޭސް ވެއްދުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތައް އަޑުއަހާ: ހެލްތް މިނިސްޓަރ
ކޮވިޑް-19 ރާއްޖެއަށް އަތުވެދާނެކަމުގެ ބިރަށް އަވަސްއަރުވާލައިގެން ގެއަށް ކާޑު އަދު ބޭސްތައް ވެއްދުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތައް އަޑުއެހުމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ ކޭސްތައް ގިނަ ކަރަންޓީނުކުރާ މީހުން އިތުރުވުމާއެކު ގިނަމީހުން މިހާރުވެސް ގެންދަނީ ގެއަށް ދުރާލާ ގެއަށް ކާޑުވައްދަމުންނެވެ. އަދި އަވައްޓެރި އިންޑިޔާއިން ދާދިފަހުން ވަނީ ބައެއް ބޭސްތައް އެޤައުމުން ބޭރަށް އެކްސްޕޯޓުކުރުން ކޮންޓްރޯލް ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ޕްރެސްކޮންފަރެންސްގައި ވިދާޅުވީ ކުރިއަށް އޮތް ހަމަސް ދުވަހަށް ވާވަރަށް ބޭނުންވާ ކާޑު އެސްޓީއޯގައި ހުރިކަމަށެވެ. އަދި އެންމެ މީމަހަކު ގޮސް ހުރިހާ ކާޑެއް ގެންދިއުމަކީ އިތުރަށް ހަލަބޮލިވާނޭ ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
ހަމައެހެންމެ މުވައްޒަފުންގެ މުސާރަކުޑަނުކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްވެސް ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑް-19 ރާއްޖެއަށް އައުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ކޮވިޑް-19އަށް ޝައްކުކުރެވޭ ކޭސްތަކެއް ފެނިގެން ސަރުކާރުން މިއަދު ވަނީ ކުރެއްދޫ ރިސޯޓާއި ވ. ތިނަދޫ އަށް ވަގުތީގޮތުން އަރާފޭބުން މަނާކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)