އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/01/2020

ހިމަބިހި ވެކްސިން ދިނުމަށް ހާއްސަ ކެމްޕެއިނެއް ހަފްތާއެއް ތެރޭ ފަށަނީ

ހެލްތް މިނިސްޓްރީއިން ބުނިގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ޔުނިސެފް މެދުވެރިކޮށް ރާއްޖެ އެތެރެކުރާ 200،000 މީސަލްސް ވެކްސިން ލިބޭނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/01/2020

Vaccination Ministry of Health Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ހިމަބިހި ވައިރަސްގެ ވެކްސިން ދިނުމަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.

ހިމަބިހި އައުޓްބްރޭކްގެ ޙާލަތާއި މަސައްކަތް ހާމަކޮށް ހެލްތް މިނިސްޓްރީން ނެރުނު ހުލާސާގައި ބުނެފައިވާގޮތުން މި ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް 6 ނުވަތަ 7 ދުވަހުގެ ތެރޭގައެވެ.

ހިމަބިހި ވެކްސިނަށް ވެކްސިނަށް ހޭލުންތެރިކުރުވުމަށް ސަރުކާރުން ވަނީ ޤައުމީ ފެންވަރުގެ ކުރިއަށް ގެންދާ ކެމްޕެއިން މިމަހު 18 ވަނަ ދުވަހު އަތޮޅުތެރޭގައި ފައްޓާފަ އެވެ. އެގޮތުން 150 ސިއްހީ ހިދުމަތްދޭ ތަންތަނުގު ފަރާތުން މި ހަރަކާތް ކުރިއަށް ގެންދަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހެލްތް މިނިސްޓްރީއިން އިތުރަށް ބުނިގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ޔުނިސެފް މެދުވެރިކޮށް ރާއްޖެ އެތެރެކުރާ 200،000 މީސަލްސް ވެކްސިން ލިބޭނެއެވެ. އަދި ހުސްވި ހޯމަ ދުވަހު އިންޑިޔާ ސަރުކާރު މެދުވެރިކޮށް 30000-20000 އެމް.އާރު ވެކްސިން ހޯދުމަށް އެދިފައި ވާނޭކަމަށް ވެސް ވަނީ ބުނެފަ އެވެ. 

ރާއްޖެގައި މިހާރު މީސަލްސް ވެކްސިން ދެމުން ގެންދަނީ 6 މަހާއި 18 މަހާއި ދެމެދުގެ ކުދިންނަށާއި ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކުގެ އިތުރުން ވެކްސިނުގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކަށެވެ.

ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވުނުކަން އިއުލާންކޮށްފައިވަނިކޮށް މި ބަލި އަނެއްކާވެސް ރާއްޖެއިން ފެނިފައިވަނީ މިމަހުގެ ތެރޭގަ އެވެ. އަދި މިހާތަނަށް ރާއްޖެއިން ވަނީ ހަތަރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. 

މި ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ހެލްތް މިނިސްޓްރީއިން ދަނީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ރައްޔިތުންގެ ކިބައިން އެދެމުންނެވެ. އަދި ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ވަނީ 3،184 މީހަކަށް މީސަލްސް ވެކްސިން ދީފަ އެވެ. އަދި މީގެއިތުރުން މީސަލްސް ވެކްސިންގެ (ބޫސްޓަރ) ޑޯޒް ވަނީ 6 މަހާއި 18 މަހާއި ދެމެދުގެ 140 ކުއްޖަކަށް ދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ