އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2020

ތިންދުވަސް ތެރޭގައި 189 ކުދިންނަށް ހިމަބިހި ވެކްސިން ޖަހައިފި

ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، މިހާތަނަށް ހިމަބިހީގެ ތިން ކޭސްއެއް ރާއްޖެއިން ވަނީ ފެނިފައެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2020

Vaccination Measles Dhamana Veshi
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި  މިހާރުއޮތް މީސަލްސް (ހިމަބިހ) އައުޓްބްރޭކާއި ގުޅިގެން ދަމަނަވެށިން ހިމަބިހި ވެކްސިން ޖެހި ކުދިންގެ އަދަދު 189 އަކަށް އަރައފި އެވެ.

ދަމަނަވެށިން އިއްޔެ ނެރުނު ބަޔާނުގައި ވާގޮތުން އެ ސެންޓަރުން ހިމަބިހި ފެތުރުމުގެ ކުރިން ހިމަބިހި ވެކްސިން ޖަހަމުން ދިޔައީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 10 ކުދިންނަށެވެ. ނަމަވެސް މީސަލްސް އައުޓްބްރޭކް އާއި ގުޅިގެން މިއަދަދު މަތިވެފައިވާކަން ދަމަނަވެށިން ވަނީފާހަގަކޮށްފައެވެ.

އެގޮތުން ފާއިތުވި އާދިއްތަ ދުވަހު އެ ސެންޓަރުން 36 ކުދިންނަށް އެމް.އެމްއާރް ވެކްސިން ޖަހާފައިވާއިރު، ހޯމަ ދުވަހު ވެކްސިން ޖަހާފައިވަނީ 32 ކުދިންނަށެވެ. އެ ސެންޓަރުން އެންމެ ގިނައިން ވެކްސިން ޖަހާފައި އިއްޔެއެވެ. އެއީ 121 ކުދިންނެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެމުންދާއިރު، މިހާތަނަށް ހިމަބިހީގެ ތިން ކޭސްއެއް ރާއްޖެއިން ވަނީ ފެނިފައެވެ. 

މިއާއެކު ސިއްހީ އިދާރާތަކުން ގެންދަނީ މިވަގުތު ހިމަބިހި ވެކްސިން ޖެހުން މުހިއްމު ފަރާތްތައް ކަމަށްވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ކުދިންނާއި، ހިމަބިހި ޖެހުނު މީހުން ދިޔަ ތަންތަން ކަމަށް ބުނާ ތަންތަނަށް އެވަގުތު ޒިޔާރަތްކުރި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަނުވާ އުމުރުން 40 އަހަރުން ދަށުގެ މީހުންނާއި، އަދި ހިމަބިހި ޖެހިފައިވާ މީހުންގެ ވަށައިގެން ދިރިއުޅޭ ދެ ޑޯޒް ހަމަނުވާ ފަރާތްތައް ލަސްނުކޮށް މި ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ