އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 29/01/2020

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެ ޖުމްލަ 8 އަކަށް

އެޗްޕީއޭ އިން ނެރުނު "މީސަލްސް އައުޓްބްރޭކްގެ ޙާލަތާއި މަސައްކަތުގެ ޚުލާސާ" ރިޕޯޓުގައި މިކަން ވަނީ ހާމަކޮށްފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 29/01/2020

HPA Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 24 ގަޑިއިރު ތެރޭގައި 8 ވަނަ މީހެއް ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކަޝަން އޭޖެންސީއިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު "މީސަލްސް އައުޓްބްރޭކްގެ ޙާލަތާއި މަސައްކަތުގެ ޚުލާސާ" ރިޕޯޓުގައި ބުނެފައިވަނީ އިއްޔެ ލެބޯރޓަރީގައި 21 ސާމްޕަލްއެއް ޓެސްޓުކުރެވިފައިވާ ކަމެވެ.

8 ވަނަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކުރި އިރު 27 ޖެނުއަރީގައިވެސް މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.

ނައްތާލިކަން އިއުލާނުކުރި ފަހުން ރާއްޖެއިން އަލުން ހިމަބިހި ފެނިފައިވާއިރު ސަރުކާރުން ވަނީ އެކަމާ ދެކޮޅަށް ވެކްސިން ދޭން ފަށައިފަ އެވެ. އެޗްޕީއޭއިން ބުނިގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 209 ގޭބީސީ އަކަށް ޒިޔާރާތްކުރެވިފައިވާ އިރު 424 މީހުންނަށް ވެކްސިން ޖެހިފައިވެއެވެ.

އެގޮތުން ޖެނުއަރީ 8 އަކުން މިހާތަނަށް ވެކްސިން ޖެހި ޖުމްލަ އަދަދު 4،449 އަރައިފިކަމަށް އެޗްޕީއޭއިން ރިޕޯޓުކުރެއެވެ. 

އެޗްޕީއޭއިން ކުރިން އިއުލާނުކޮށްފައިވާ ޤައުމީ ފެންވަރުގައި ކުރިއަށްދާ މީސަލްސް ވެކްސީން ދިނުމުގެ ކެމްޕެއިނެއް 7-8 ދުވަސް ތެރޭގައި ފެށޭނެއެވެ. އެގޮތުން 200،000 މީސަލްސް ވެކްސިން މިމަހުގެ ތެރޭގައި ލިބޭނެކަމަށް އެއޭޖެންސީއިން ލަފާކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ