އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 13/01/2020

ޝައްކުކުރެވުނު ތިންވަނަ ކުއްޖާ ހިމަބިއްސަށް ނެގެޓިވް: ހެލްތު މިނިސްޓްރީ

ހިމަބިއްސަށް މިހާތަނަށް 3 އަހަރުގެ ކުއްޖަކާއި 30 އަހަރުގެ މީހަކު ޕޮސިޓިވްވެފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 13/01/2020

Ministry of Health Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިމަބިހިޖެހިފައިވާކަމަށް ޝައްކުކުރެވުނު ތިންވަނަ ކުއްޖާ އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން އިއުލާންކުރިތާ ގާތްގަނޑަކަށް ތިން އަހަރުފަހުން މި ބަލި ރާއްޖެއިން ފެނިފައިވަނީ ފާއިތުވި ހަފްތާގެ ތެރޭގައެވެ. އަދި ހިމަބިއްސަށް ދެ މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެސް ވެފައެވެ. 

ހެލްތް މިނިސްޓްރީއިން ކުރި ޓްވީޓްގައި ބުނެފައިވާގޮތުން ހިމަބިއްސަށް ނެގެޓިވްވި މި ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެކެވެ. ހިމަބިއްސަށް މިހާތަނަށް 3 އަހަރުގެ ކުއްޖަކާއި 30 އަހަރުގެ މީހަކު ޕޮސިޓިވްވެފައިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިމަބިހި ރާއްޖެއިން ފެނުމާއި ގުޅިގެން ހެލްތް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވަނީ ހިމަބިއްސަށް އެންމެ މީހަކު ޕޮޒިޓިވް ވިޔަސް އެއީ އައުޓްބްރޭކްއެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި މިއާއެކު ރަސްމީކޮށް ސަރުކާރުން ވަނީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ