އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/01/2020

ހިމަ ބިއްސަށް އެންމެ މީހަކު ޕޮޒިޓިވް ވިކަމުގައިވިއަސް ބަލަންޖެހޭނީ އައުޓްބްރޭކެއް ކަމަށް – މިނިސްޓަރ އަމީން

މިނިސްޓަރ ވަނީ 2 މީހަކު ހިމަ ބިއްސަށް ޕޮޒިޓިވްވެ 1 އަކަށް ޝައްކުކުރެވޭ ކަން ޔަޤީންކޮށްދެއްވާފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/01/2020

Vaccination Ministry of Health Measles Health Minister Abdulla Ameen
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިމަ ބިހީގެ މައްސަލައާއި ދޭތެރޭ މިހާރު މަސައްކަތްތައް ކުރަނީ އައުޓްބްރޭކްއެއް ގޮތަށް ވިސްނައިގެންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވަނީ 2 މީހަކު ހިމަ ބިއްސަށް ޕޮޒިޓިވްވެ 1 އަކަށް ޝައްކުކުރެވޭ ކަން ވަނީ ޔަޤީންކޮށްދެއްވާފައެވެ. އެގޮތުން ޕޮޒިޓިވް ވަނީ 3 އަހަރު ކުއްޖަކާއި 30 އަހަރުގެ މީހެކެވެ. އަދި ޝައްކު ކުރެވޭ މީހާއަށް ޓެސްޓުކޮށް މިއަދު ނަތީޖާ ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަމީން ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި އެރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގޮސް ފަރުވާ ހޯދޭނެކަން ވިދާޅުވެއެވެ. އަދި ހިމަ ބިހި ޖެހިއްޖެނަމަ ހުޅުމާލެއިން އައިސޮލޭޝަން ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ.

މިހާރު ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ވެކްސިން ނުދޭ މީހުންނަށް ވެކްސިން ދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން އެޗްޕީއޭގެ ޓީމަކުން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ސްކޫލްތަކަށް ވެކްސިން ނުދީ ކުދިން ވެއްދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރު ސްކޫލަކަށް ވެކްސިން ނުދޭ ކުއްޖެއް ނުވެއްދޭނެ ކަމެވެ. 

"ވެކްސިން ނުޖަހާ ކުއްޖަކަށް ވެކްސިން ޖެހުމަށްފަހު މެނުވީ ސްކޫލަށް ފޮނުވިގެން ނުވާނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހިމަ ބިއްސާމެދު އެއްވެސް ސުވާލެއް ވާނަމަ މިނިސްޓްރީގެ ހޮޓްލައިން 7377004 މެދުވެރިކޮށް މައުލޫމާތު ލިބޭނެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

އަދި މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް އަޕްޑޭޓް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ