އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 12/01/2020

75 ލޮލުގެ ސާޖަރީއާއެކު ހުޅުމާލޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ލޮލުގެ ހާއްސަ ކޭމްޕް ނިންމާލައިފި

މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމަޔަށެވެ
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 12/01/2020

Hulhumale' Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހުޅުމާލޭ ހޮސްޕިޓަލާއި ޗައިނާގެ ޒޮންގްޝަން އޮޕްތަލްމިކް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ލޮލުގެ ހާއްސަ ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދިޔަ މި މެޑިކަލް ކޭމްޕްގައި ޖުމްލަ 571 ބަލިމީހުންނަށް ފަރުވާދީ އަދި 75 ސާޖަރީ ކޮށްފައިވާކަމަށް ކޭމްޕާއި ހަވާލާދެއްވައި ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލް ހުސެން ވަނީ ވިދާޅުވެފައެވެ. 

މި ކޭމްޕްގައި ފަރުވާދެއްވާފައިވަނީ ޗައިނާގެ މެޑިކަލް ޓީމަކުންނެވެ. އަދި މި ކޭމްޕަށް އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އެގޮތުން މެޑިކަލް ކޭމްޕަށް ނަންނޯޓުކުރަން ހުޅުވާލި ތާރީހުގައި ގާތްގަޑަކަށް 700 އެއްހާ މީހުން ނަންނޯޓުކޮށްފައިވާކަމަށާއި، އެހެންނަމަވެސް ކޭމްޕް ކުރިއަށް ގެންދިޔަ މުއްދަތުގައި ފަރުވާދެވިފައިވަނީ 571 މީހުންނަށް ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި ނަންނޯޓުކޮށް ކޭމްޕްގައި ބައިވެރިނުވެވޭ ފަރާތްތަކަށް ލޮލުގެ ހާއްސަ ކްލިނިކުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނޭ ކަމަށްވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ސަރުކާރުން ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމްކުރި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރު މާދަމާގެ ވަގުތެއްގައި ހުޅުވާނޭކަމަށްވެސް މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ